ހުޅުމާލެ ސުނާމީ ޖެޓީ ސަރަޙައްދުން ދެ ފުޅި ބަނގުރާ ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.

ބަނގުރާ ފުޅިތައް ފެނިފައި ވނީ މިދިޔަ އާދީއްތަ ދުވަހުގެ ރޭ އިރާކޮޅު ހުޅުމާލެ ޕެޓްރޯލްކުރުމުގައި ހަރަކާތްތެރިވި ފުލުހުންނަށް ސުނާމީ ޖެޓީ ކައިރީ އުޅުނު މީހެއްގެ ޢަމަލުތައް ހުރިގޮތުން ތުހުމަތުކުރެވިގެން އެސަރަޙައްދު ބެލުމުންނެވެ.

ބަނގުރާ ފުޅިތައް ފެނުނީ އެސަރަޙައްދުގެ ގަސްތަކުގެ ތެރެއިން ފެނުނު ކޮތަޅެއްގެ ތެރެއިން ކަމަށް ފުލުހުން ބުނެ އެވެ.

ބަނގުރާ ފުޅިތައް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ނަމަވެސް، އެސަރަހައްދުގައި އުޅުނު މީހާ ވަނީ ފުލުހުން ފެނުމުން ފިލައިފަ އެވެ.

މައްސަލަ މިހާރު ތަހުގީގު ކުރަމުން ދިޔަ ނަމަވެސް އަދި މީހަކު ހައްޔަރުކޮށްފައެއް ނުވެ އެވެ.