10 Apr 2011, 21:01
ދަހޭގް: ހޮލެންޑްގެ ހުޅަނގުގެ ރަށެއްކަމަށްވާ އެލްފިންއެންޑިރައިން ގައި ހަތިޔާރު ހިފައިގެން ހުރި މީހަކު ބަޑިޖަހައި 7 މީހުން މަރާލުމަށްފަހު އޭނާވެސް އަމިއްލައަށް މަރުވެއްޖެވެ.
ހޮލެންޑް ރޭޑިޔޯ ބުނިގޮތުގައި އޮޓަމެޓިކް ހަތިޔާރު ހިފައިގެންހުރި މިމީހާ އާންމުންނަށް އަމާޒުކޮށް ބަޑިޖަހަންފެށީ އެލްފިންއެންޑިރައިން ގެ ވިޔަފާރި މަރުކަޒެއްގެ ކައިރީގައި ހުރެގެންނެވެ.
މި ޖަރީމާގައި 7 މީހުން މަރުވުމުގެ އިތުރުން 10 މީހަކު ވަރަށް ބޮޑަށް ޒަޚަމްވެސްވި އެވެ. މަރުވެ އަދި ޒަޚަމްވި މީހުންގެ ތެރޭގައި ކުޑަކުދިންވެސް ހިމެނެއެވެ.
ހޮލެންޑްގެ ޕްރޮސެކިއުޓަރ ޖެނެރަލް ކިޓީ ނޯވީ ފުލުހުންނާ ޙަވާލާދީ ވިދާޅުވިގޮތުގައި ހަތިޔާރު އެޅި މީމީހަކީ އުމުރުން 24 އަހަރުގެ ދޮންމީހެކެވެ. މިމީހާ ވައްތަރީ ކަވްކަސް ސަރަޙައްދުގެ މީހަކާ ކަމަށްވެސް ކިޓީ ވިދާޅުވިއެވެ.
ހަތިޔާރުއެޅި މިމީހާ، އަމިއްލަ ގަޔަށް ބަޑިޖަހައިގެން މަރުވުމަށްފަހު އޭނާގެ ކާރުން ޗެކްކުރުމުން ފެނުނު ސީޓީއެއްގައި ލިޔެފައިވަނީ އެލްފިންއެންޑިރައިން ގެ ވިޔަފާރީގެ ތިިންމަރުކަޒެއްގައި ބޮންތަކެއް ހަރުކޮށްފައިވާނެ ކަމުގައެވެ.
މި މައްސަލައިގެ ތަޙްޤީޤްތައް ކުރިޔަށްދާތީ ހޮލެންޑްގެފުލުހުން މިކަމާބެހޭ އިތުރު މަޢްލޫމާތު ދީފައެެއް ނުވެއެވެ. -- ނޫސްއެޖެންސީތައް