ޔުއެފާ ޗެމްޕިއަންސް ލީގްގެ ދެވަނަ ބުރުގައި އެންމެ ފަހުގެ ޗެމްޕިއަން ބާސެލޯނާ އިނގިރޭސި ޕްރިމިއާ ލީގްގައި އެއްވަނާގައި އޮތް އާސެނަލް އާ ދެކޮޅަށް ނިކުންނަށް ޖެހިއްޖެއެވެ.

މިއީ އާސެނަލް ޗެމްޕިއަންސް ލީގުގެ ގަދަ 16 އަށް ޖެހިޖެހިގެން ކޮލިފައިވި 16 ވަނަ ފަހަރެވެ. ނަމަވެސް އަދި އެ ޓީމަކަށް ޗެމްޕިއަންސް ލީގް ކާމިޔާބެއް ނުކުރެވެއެވެ. މީގެ ކުރިން 2006 ވަނަ އަހަރު ފައިނަލްގައި އާސެނަލް ވަނީ ބާސާ އަތުން ބަލިވެފައެވެ.

ސުވިޒަލޭންޑްގެ ނިޔޯންގައި ހުންނަ ޔުއެފާގެ މައި އިދާރާގައި މިއަދު ނެނގި ޗެމްޕިއަންސް ލީގްގެ ގުރުއަތުނެގުމުގެ ހަފްލާގެ ތެރެއިން --- ފޮޓޯ:އޭޕީ

ބާސާ ވަނީ މީގެ ކުރިން ފަސް ފަހަރު ޗެމްޕިއަންސްލީގްގެ ޓްރޮފީ އުފުލާލާފައެވެ.
ސުވިޒަލޭންޑްގެ ނިޔޯންގައި ހުންނަ ޔުއެފާގެ މައި އިދާރާގައި މިއަދު ގުރުއަތުލުން ނަގާފައިވާ އިރު ދެވަނަ ބުރުގެ ފުރަތަމަ ލެގް ކުޅޭނީ އަންނަ އަހަރުގެ ފެބްރުއަރީ 16-17 ވަނަ ދުވަހާއި 23-24 ވަނަ ދުވަހުގައެވެ. އަދި ދެވަނަ ލެގް ގެ ކުޅުން ކުރިއަށްދާނީ އަންނަ އަހަރުގެ މާޗް މަހު 8-9 ވަނަ ދުވަހާއި 15-16 ވަނަ ދުވަހުގައެވެ.

މުބާރާތުގެ ފައިނަލް މެޗު އޮންނާނީ މޭ 28 ވަނަ ދުވަހު އިޓަލީގެ މިލާނުގެ ސޭންސީރޯ ސްޓޭޑިއަމުގަ އެވެ.

ޗެމްޕިއަންސް ލީގްގެ ދެވަނަ ބުރުގައި ޓީމްތަށް ވާދާކުރާނެ ގޮތް:

  • ވޫލްސް ބާގް - ގެންޓް
  • އެސް ރޯމާ - ރެއާލް މެޑްރިޑް

  • ޕީއެސްޖީ - ޗެލްސީ

  • އާސެނަލް - ބާސެލޯނާ

  • ޔުއެންޓަސް - ބާޔާން މިއުނިކް

  • ޕީއެސްވީ އެންދޮން - އެތުލެޓިކޯ މެޑްރިޑް

  • ބެނިފީކާ - ޒެނިޓް

  • ޑައިނަމޯ ކީވް - މެންޗަސްޓާ ސިޓީ