ޗެންނާއީ (ޑިސެމްބަރ 14): ބޯކޮށް ވާރޭ ވެހި ފެންބޮޑުވުމުގެ ސަބަބުން ބަންދުކުރި ޗެންނާއީގެ ސްކޫލްތައް ހުޅުވައިފި އެވެ.

ފެންބޮޑުވުމުގެ ސަަބަބުން ޗެންނާއީ އާއި ޓަމިލް ނާޑޫގެ ސްކޫލްތަކާއި ކޮލެޖްތައް ބަންދު ކޮށްފައި ވަނީ 12 ނޮވެމްބަރުގަ އެވެ.

"[ޗެންނާއީގެ]ސްކޫލްތަކާއި ކޮލެޖުތައް ހުޅުވުން ލަސްކުރީ ހުރިހާ އިންސްޓިޓިއުޝަންތައް ވެސް ރަނގަޅަށް ދޮވެ ސާފްކުރުމަށް ފަހު ދަރިވަރުން ގެނައުމުގެ މަގްސަދުގައި،" ޗެންނާއީ މުނިސިޕަލްޓީގެ ޗީފް، ވިކްރަމް ކަޕޫރު ވިދާޅުވި އެވެ.

ފެންބޮޑުވުމުގެ ސަބަބުން ޗެންނާއީގެ ސްކޫލްތަކުގެ އިމްތިހާނު ވަނީ ފަސްކޮށްފައި އެވެ. އަދި އިންޑިއާގެ އެންމެ ދުވަސްވީ އެއް ޔުނިވާސިޓީ ކަމަށްވާ ޗެންނާއި ޔުނިވާސިޓީގެ ސެމިސްޓާ އިމްތިހާނުވެސް ވަނީ ފަސްކޮށްފަ އެވެ.

ރަންވޭގައި ފެންބޮޑުވުމުގެ ސަބަބުން ޗެންނާއީ އެއާޕޯޓުގެ ހިދުމަތް މެދުކަނޑާލައިފައި އޮތުމަށްފަހު މިދިޔަ ހަފްތާގައި ޗެންނާއީ އެއާޕޯޓު ވަނީ ހުޅުވާފައި އެވެ.

ޗެންނާއީއަށް ކުރި ވިއްސާރައިގެ ސަބަބުން 280 މީހަކު މަރުވި އެވެ.

މައުލޫމާތު: ބީބީސީ