މައިކްރޮސޮފްޓް ކްލައުޑް ސްޓޯރޭޖް "ވަންޑްރައިވް"ގެ ޔޫޒަރުންގެ އަތުން ނެގުމަށް ހަމަޖެއްސި ފްރީ ކްލައުޑް ސްޓޯރޭޖުތަކުގެ ތެރެއިން 15 ޖީބީގެ ހިލޭ ކްލައުޑް ސްޓޯރޭޖް އަނބުރާ ދީފި އެވެ.

މައިކްރޮސޮފްޓް އިން ދާދި ފަހުން އެ ކުންފުނީގެ ކްލައުޑް ސްޓޯރޭޖް އިން ޔޫޒަރުންނަށް ހިލޭދޭ ކްލައުޑް ސްޓޯރޭޖް ކުޑަ ކުރުމަށް ވަނީ ނިންމައިފަ އެވެ. އެއާ އެކު ގިނަ ޔޫޒަރުން ވަނީ އެކަމާ ނުރުހުން ފާޅުކޮށްފަ އެވެ.

އެގޮތުން ފޯނު ބޭނުން ކުރާ ފަރާތްތަކަށް ލިބޭ 15 ޖީބީގެ ސްޓޯރޭޖް ކުޑަ ކުރުމުން އެ އަނބުރާ ގެނައުމަށް 72،000 ފަރާތަކުން ވަނީ ޕެޓިޝަން އެއްގައި ސޮއިކޮށް މައިކްރޮސޮފްޓަށް ފޮނުވާފައިފަ އެވެ.

މައިކްރޮސޮފްޓް އިން ބުނެފައި ވަނީ 15 ޖީބީގެ ސްޓޯރޭޖް ފަސް ޖީބީ އަށް އަންނަ އަހަރުން ފެށިގެން ކުޑަވެގެން ދާނެ ކަމަށެވެ.

ޔޫޒަރުންގެ ހިތްހަމަނުޖެހުމާ އެކު ކުރީގެ އަދަދަށް ބަދަލު ކޮށްފައި ވަނީ "ލެގަސީ ޔޫޒަރުން"ނަށެވެ. މާނައަކީ ސްޓޯރޭޖް ބޭނުންވާ ފަރާތްތަކުން އޯތެންޓިކޭޓް ކުރަން ހާއްސަސައިޓެއްގައި މައިކްރޮސޮފްޓް އެކައުންޓް އިން ލޮގިން ވާން ޖެހޭނެ އެވެ. އެގޮތަށް ހަދައިގެން ޔޫޒަރުންގެ ސްޓޯރޭޖްގެ އަދަދު ކުރީގެ އަދަދަށް ބަދަލު ކުރުމަށް މައިކްރޮސޮފްޓް އިން ދީފައި ވަނީ އަންނަ ޖެނުއަރީ 31ގެ ނިޔަލަށެވެ. އެއަށް ފަހު ސްޓޯރޭޖް އަނބުރާ ބޭނުންވާ ފަރާތަކަށް އެ އަދަދެއް ނުލިބޭނެ އެވެ.