ސައުތު އެފްރިކާގެ މާލީ ވަޒީރު ކަމުގެ މަގާމު ހަފްތާއެއްގެ ތެރޭގައި ތިން ފަހަރަށް ބަދަލުކޮށް އެމަގާމަށް ޕްރާވިން ގޯދަން ރޭ އައްޔަންކުރައްވައިފި އެވެ.

ސައުތު އެފްރިކާގެ ރައީސް، މާލީ ވަޒީރުކަމަށް ޕްރާވިން ގޯދަން ރޭ އައްޔަންކޮށްފައިވާ އިރު އެމަގާމުގައި ކުރިން ހުރި ޑާވިޑް ވާން ރޫޔަން މަގާމުން ވަކި ކުރިކަން ވެސް ވަނީ އިއުލާނުކޮށްފަ އެވެ. ރޫޔަންއަށް މާލީ ވަޒީރުކަން ދީފައި ވަނީ ވޭތުވެ ދިޔަ ހަފްތާގެ ބުދަ ދުވަހު ކުރިން އެމަގާމުގައި ހުންނެވި ނަހްލަނާ ނެނޭ މަގާމުން ވަކިކޮށްފަ އެވެ.

ނަމަވެސް ރޭ މާލީ ވަޒީރުކަމަށް އައްޔަންކުރައްވާފައިވާ ޕްރާވިން ގޯދަން އަކީ މީގެ ކުރިން ވެސް އެގައުމުގެ މާލީ ވަޒީރުކަން ކުރައްވާފައިވާ ބޭފުޅެކެވެ. އެއީ 2009 އަކުން ފެށިގެން 2014 ވަނަ އަހަރާ ހަމައަށެވެ.

ސައުތު އެފްރިކާގެ ރައީސް ޖެކޮބް ޒުމާ -- ގެޓީ އިމޭޖަސް

އަވަސް އަވަހަށް މާލީ ވަޒީރުކަމަށް ބަދަލު ގެނައުމާ ގުޅިގެން ގިނަބައެއްގެ ފާޑުު ކިޔުން ސައުތު އެފްރިކާގެ ރައީސް ޖެކޮބް ޒުމާ އަށް ވަނީ އަމާޒުވެފަ އެވެ. އަދި އެހާ އަވަސް އަވަހަށް މާލީ ވަޒީރުގެ މަގާމަށް ބަދަލު ގެނައުމުން ބައިނަލް އަގްވާމީ އިންވެސްޓަރުންގެ އިތުބާރު ގެއްލިގެންދާނެ ކަމަށް ބައެއް މީހުން ދަނީ ބުނަމުންނެވެ.

ރައީސް ޒުމާގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މަގާމުތަކަށް ބަދަލު ގެނައުމުގައި ވިސްނަނީ ޑޮމޮކްރަސީގެ އުސޫލު އިހްތިޔާރު ކުރުމަށް ކަމަށާއި އެގޮތުން މާލީ ވަޒީރު ކަމުގެ މަގާމަށް ބަދަލު ގެނައީ ރައްޔިތުންގެ އެދުމުގެ މަތިން ކަމަށެވެ.

ާާ