14 Dec 2015, 09:11
ސްޕެނިޝް ލީގުގައި ރޭ ރެއާލް މެޑްރިޑް ކުޅުނު މެޗުން މޮޅުވެގެބް އެއްވަނަގައި އޮތް ބާސެލޯނާއާ ދެ ޕޮއިންޓަށް ގާތް ކުރަން ލިބުނު ފުރުސަތު އެ ކުލަބުން ގެއްލުވާލާފި އެވެ.
ރެއާލް މެޑްރިޑް ބަލިވި ނަމަވެސް އެތްލެޓިކޯ މެޑްރިޑްން ރޭ އެތްލެޓިކް ބިލްބާއޯ އަތުން 2-1ގެ ނަތީޖާ އަކުން މޮޅުވެ ވަނީ އެއް ވަނާގައި އޮތް ބާސާއާ ޕޮއިންޓްގެ ގޮތުން އަރާ ހަމަ ކޮށްފަ އެވެ.

ސްޕެނިޝް ލީގުގައި ރޭ ރެއާލް މެޑްރިޑް އާއި ވިޔަރެއާލް ކުޅުނު މެޗްގައި ޖޭމްސް ބޯޅަ ހިފައިގެން ދާއިރު ވިޔަރެއާލް ގެ ދެ ކުޅުންތެރިން ބޯޅަ ހޯދަން މަސަތްކަތް ކުރަނީ --- ފޮޓޯ:އޭޕީ
ބާސާ އެއްވަނާގައި އޮތީ ކުޅުނު 15 މެޗުން 35 ޕޮއިންޓް ލިބިގެން އެތުލެޓިކޯ އަށް ވުރެން ފައިދާ ގޯލް ގިނައިން ލިބިގެންނެވެ. ތިންވަނާގައި ރެއާލް މެޑްރިޑް އޮތީ 30 ޕޮއިންޓާއި އެކީގަ އެވެ. ވިޔަރެއާލް ފަސް ވަނާގައި އޮތީ 27 ޕޮއިންޓް ލިބިގެންނެވެ.
ވިޔަރެއާލްގެ އަމިއްލަ ދަނޑުގައި ކުޅުނު އެ މެޗްގެ ކުރީކޮޅު ޖެހި ލަނޑުން އެ ޓީމް ވަނީ ލީޑް ނަގާފައެވެ. އެ ލަނޑު މެޗްގެ ނުވަވަނަ މިނެޓް ގައި ކާމިޔާބް ކޮށްދިނީ ރޮބާޓޯ ސޮލްޑާޑޯ އެވެ. ރެއާލް މެޑްރިޑްގެ ފަރާތުން ދަށް ކުޅުމެއް ފެނިގެން ދިޔަ އެ މެޗް ނިމިގެން ދިޔައީ 0-1 އިން ރެއާލް މެޑްރިޑް ބަލިވެގެންނެވެ.

ސްޕެނިޝް ލީގުގައި ރޭ އެތުލެޓިކޯ މެޑްރިޑާއި އެތުލެޓިކޯ ކުލަބު ކުޅުނު މެޗްގައި އެތުލެޓިކޯގެ ސައުލް ނިގުއޭޒެވެ ލަނޑު ޖެހުމަށް ފަހު އުފާފާޅު ކުރަނީ --- ފޮޓޯ:އޭޕީ
އެތުލެޓިކް ކުލަބުގެ ލަޕޯޓޭ މެޗްގެ 27 ވަނަ މިނެޓްގައި ގޯލެއް ޖަހާ ލީޑް ނަގާފައި ވަނިކޮށް ފަހަތުން އަރާ ދެ ގޯލް ޖަހައިގެން އެތުލެޓިކޯ މެޑްރިޑުން ވަނީ ރޭގެ މެޗް ކާމިޔާބުކޮށްފަ އެވެ.
އެތުލެޓިކޯ މެޑްރިޑަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ފުރަތަމަ ހާފްގެ އިތުރުވަގުތުގައި ސައުލް ނިގުއޭޒެވެ ކާމިޔަބް ކޮށްދިން ގޯލްއިންނެވެ. އެ ލަނޑަށް ފަހު މެޗްގެ ދެވަނަ ހާފްގައި މޮޅު ކުޅުމެއް ދެއްކި އެތުލެޓޮކޯ މެޑްރިޑަށް ތިން ޕޮއިންޓް ކަށަވަރު ކޮށްދިން ގޯލް މެޗްގެ 67 ވަނަ މިނެޓްގައި ޖަހައިދިނ އެންޓޯނިއޯ ގްރައިޒްމަން އެވެ.