13 Dec 2015, 12:55
ރާއްޖެއަށް މަސްތުވާތަކެތި އެތެރެ ކުރަން އުޅުނު ކަމަށް ތުހުމަތު ކުރެވޭ މީހަކު ހޯދަން ފުލުހުން އިއުލާން ކޮށްފި އެވެ.
ފުލުހުން ބުނީ އޭނާ ހޯދަމުންދަނީ ކްރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުން ގޭބަންދަށް ބަދަލުކޮށްފައިވަނިކޮށް ފިލާފައިވާތީ ކަމަށެވެ.
ފުލުހުންގެ ޑްރަގް އެންފޯސްމަންޓު ޑިޕާޓްމަންޓުން ތަހުގީގު ކުރަމުން އަންނަ އެ މައްސަލައާ ގުޅިގެން ހޯދަން އިއުލާންކޮށްފައިވަނީ ދަފްތަރު ނަންބަރު 9320 ހަސަން އަހްމަދު ދީދީ އުމުރުން،40، އެވެ.
ހަސަން އަހުމަދު ދީދީއާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިއްޖެ ނަމަ ވީހާވެސް އަވަހަކަށް ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓުމަންޓް ޑިއުޓީ ނަންބަރު 9792498 އަދި ފުލުހުންގެ ހޮޓްލައިން 3322111 އަށް ގުޅުއްވައި މައުލޫމާތު ހިއްސާކުރެއްވުމަށް ފުލުހުން އިލްތިމާސް ކުރެއެެވެ.