މިދިޔަ ޖުލައި މަހުގެ 18 ވަނަ ދުވަހު އަންހެން މީހާ އޭނާގެ ދެ ދަރިން ގޮވައިގެން ސީރިއާ އަށް ދާން އުޅެނިކޮށް އަނބުރާ ރާއްޖެ ގެނެސްފި އެވެ.

"ސަން" އަށް އެނގިފައިވާ ގޮތުގައި އަންހެން މީހާ އަނބުރާ ރާއްޖެ ގެނެސްފައި ވަނީ އިއްޔެ މެންދުރު 12:30 އެހާކަންހާއިރު އެވެ. އަންހެން މީހާ ސީރިއާ ދިއުމަށް ޓަކައި ފުރާފައި ވަނީ ކޮން ތާރީހެއްގައި ކަމެއް ނޭނގެ އެވެ. ނަމަވެސް އޭނާ ސީރިއާ ދިއުމަށްޓަކައި ތުރުކީ އަށް ވަނީ އެތެރެވެފަ އެވެ.

އެނގިފައިވާ ގޮތުގައި އުމުރުން 28 އަހަރުގެ އަންހެން މީހާއާ އެކު އޭނާގެ އެއްބަނޑު އެއްބަފާ ކޮއްކޮ އެއްވެސް ދިޔަ އެވެ.

މިދިޔަ ޖުލައި މަހުގެ 18 ވަނަ ދުވަހު އަމިއްލަ ބަނޑަށް ވަޅި ހެރި އަންހެން މީހާ ސީރިއާ އަށް ދިއުމަށް ޓަކައި ތުރުކީއަށް ގޮސްފައިވާއިރު ާ ވެސް ވަނީ ސީރިއާގައި ކުރަމުންދާ ހަނގުރާމައިގައި ބައިވެރިވުމަށް ރާއްޖެއިން ފުރައިފަ އެވެ.

އެނގިފައިވާ ގޮތުގައި އެ އަންހެން މީހާއަކީ މާލޭގައި ހިންގާ މަޝްހޫރު އަމިއްލަ ޕްރީ ސްކޫލެއްގެ އިސް ވެރި އެއްވެސް މެ އެވެ.

އޭނާ ފުރާފައި ވަނީ މިދިޔަ މަހުގެ ޖުލައި މަހުގެ 8 ވަނަ ދުވަހު އެވެ.

ސީރިއާގައި ކުރަމުންދާ ހަނގުރާމައިގައި އައްޑޫ ސިޓީއަށް އުފަން މީހަކު ވަނީ މަރުވެސް ވެފަ އެވެ.

ރާއްޖެ އިން ބޭރުގައި ހިނގާ ހަނގުރާމަތަކުގައި ބައިވެރިވާން ދިވެހިން ދިއުމަކީ ގައުމީ ކަންބޮޑުވުމެއް ފުލުހުން މީގެކުރިން ވަނީ ބުނެފަ އެވެ. އަދި ހަނގުރާމަ އަށް ދާ ފަރާތްތަކުގެ މައުލޫމާތު ލިބޭ ނަމަ އެކަން ފުލުހުންގެ އިންޓެލިޖެންސް މެދުވެރިކޮށް ބަލައި އެކަމާ މެދު އަޅަން ޖެހޭ ފިޔަވަޅުތައް ވަގުތުން ވަގުތަށް އަޅަން ޖެހޭ ކަމަށް ވެސް އެފަރާތުން ބުންޏެވެ.

ރާއްޖެ އިން ބޭރުގެ ހަނގުރާމަވެރި ޖަމާއަތްތަކާ ގުޅިގެން ހަނގުރާމަ ކުރުމަށް 50 އަށް ވުރެ ގިނަ ދިވެހީން ރާއްޖެ އިން ބޭރަށް ގޮސްފައިވާ ކަމަށް ފުލުހުން ބުނެ އެވެ.