13 Dec 2015, 12:59
އެމެރިކާގެ ބިޒްނަސް މަޖައްލާއެއް ކަމަށްވާ ފޯބްސް މަޖައްލާއިން ނެރުނު 2015 ވަނަ އަހަރުގެ އިންޑިއާގެ އެންމެ މުއްސަނިދި ތަރިއަކަށް ބޮލީވުޑްގެ ތަރި ޝާހްރުކް ޚާން ހޮވިއްޖެ އެވެ.
އެ މަޖައްލާއިން ހޮވާ އިންޑިއާގެ އެންމެ މުއްސަނދި 100 ތަރިންގެ ތެރެއިން ޝާހު ފަހުރުވެރި އެއްވަނަ ހާސިލްކުރީ 257.5 ކްރޯޑް ރުޕީސް އާއި އެކުގަ އެވެ.
ޝާހު އެ މަގާމަށް ހޮވިފައި ވަނީ ވޭތުވެ ދިޔަ އަހަރު އެ ލިސްޓުގެ ތިން ވަނައިގައި އޮތުމަށް ފަހުގަ އެވެ.
މިދިޔަ އަހަރު އެ ލިސްޓުގެ އެންމެ ކުރީގައި އޮތް ސަލްމާ ޚާން އަށް މި އަހަރު ލިބިފައި ވަނީ އެ ލިސްޓުގެ ދެވަނަ މަގާމެވެ. އެ މަޖައްލާގައި ބުނާ ގޮތުން ސަލްމާން އަށް އާއްމުދަނީ އެއްގެ ގޮތުން ލިބިފައި ވަނީ 202.75 ކްރޯޑް ރުޕީސް އެވެ.
އިންޑިއާގެ އެންމެ މުއްސަނދި 100 ތަރިންގެ ލިސްޓުގެ ތިން ވަނަ ހާސިލް ކުރީ 112 ކްރޯޑާ އެކު އަމީތާބް ބައްޗަން ކަމަށް ވެސް އެ މަޖައްލާ އިން ބުންޏެވެ. އަމީތާބު މިދިޔަ އަހަރު ހިމެނުނީ އެ ލިސްޓުގެ ދެވަނައިގަ އެވެ.
ފިލްމީ ތަރިންނާއި ޑައިރެކްޓަރުން އަދި ލަވަކިޔުންތެރިންނާއި ލިޔުން ތެރިން ހިމެނޭ އެ ލިސްޓުގެ ހަތަރު ވަނަ ހާސިލް ކޮށްފައި ވަނީ އިންޑިއާގެ މަޝްހޫރު ކްރިކެޓް ކުޅުންތެރިޔާ މަހެންދްރާ ސިންގް ދޯނީ އެވެ.
އޭނާ އެ މަގާމު ހާސިލްކޮށްފައި ވަނ119ކްރޯޑާ އެކު އެކުގަ އެވެ.
ފޯބްސް މަޖައްލާގެ 2015 ވަނަ އަހަރުގެ އިންޑިއާގެ އެންމެ މުއްސަނދި 100 ތަރިންގެ ތެރޭގައި ގިނަ އަދަދަކަށް ބޮލީވުޑްގެ ތަރިން ހިމެނެ އެވެ.
އެގޮތުން އެ ލިސްޓުގައި ހިމެނޭ ބޮލީވުޑް ތަރިން ތަކުގެ ތެރޭގައި އާމިރް ޚާން، އަކްޝޭ ކުމާރް، ރިތިކް ރޯޝަން، އަދި ދީޕިކާ ޕްދުކޯން ފާހަގަކޮށްލެވެ އެވެ.
މައުލޫމާތު: ރެޑިފް.ކޮމް