13 Dec 2015, 09:58
ބ. ވައްކަރު ކައިރީ އޮތް އެސްޓީއޯގެ ބޯޓުން ދެ ކިލޯގެ މަސްތުވާތަކެއްޗާ އެކު ހައްޔަރުކުރި ދެ މީހުންގެ ބަންދަށް 15 ދުވަސް ކްރިމިނަލް ކޯޓުން ޖަހައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ސަން އަށް ވިދާޅުވީ އެ ދެ މީހުންގެ ބަންދަށް 15 ދުވަސް ޖަހާފައި ވަނީ މިދިޔަ ބުދަ ދުވަހު ކަމަށެވެ.
ނަމަވެސް އެ މައްސަލައިގައި ހައްޔަރުކުރި މީހުންގެ ވަނަވަރު ފުލުހުން އަދި ހާމަކޮށްފައެއް ނުވެ އެވެ.
'އެމްވީ ބޮންތި' ނަމަކަށްކިޔާ އެބޯޓަކީ ރާއްޖެ އިން ބޭރުން ހިލަ އާއި ވެލި ރާއްޖެ އަށް އެތެރެ ކުރުމަށް އެސްޓީއޯ އިން ބޭނުންކުރާ ބޯޓެކެވެ.