13 Dec 2015, 08:58
ޗެންނާއީ އަށް މިދިޔަ މަހު ކުރި ވިއްސާރައިގައި ހާލުގައި ޖެހުނު ފަރާތްތަކަށް އެހީވުމަށް، ބޮލީވުޑްގެ މަޝްހޫރު ތަރި ރިތިކް ރޯޝަން 25 ލައްކަ ރުޕީސް ހަދިޔާ ކޮށްފިއެވެ.
ރިތިކް އެ އެހީ ޖަމާ ކުރީ ޗެންނާއީގައި ހާލުގައި ފަރާތްތަކަށް އެހީވުމަށް ހުޅުވާފައިވާ ރަމަނައިޑޫ ޗެރިޓެބަލް ފަންޑަށެވެ.
ފަންސަވީސް ލައްކަ ރުޕީސް ގެ އިތުރުންވެސް ރިތިކް ވަނީ ދެ ލައްކައެއް ހާ ރުޕީސްގެ ބޭސް ވެސް އެ ފަރާތްތަކަށް ހަދިޔާ ކޮށްފައެވެ.
ރިތިކް ގެ އިތުރުން ޝާރުކްހާން ވެސް ވަނީ ޗެންްނާއީގައި ހާލުގައި ޖެހުނު ފަރާތްތަކަށް އެހީވުމުގެ ގޮތުން އެއް ކަރޯޑު ރުޕީސް ހަދިޔާ ކޮށްފައެވެ.
އެދެ ތަރިންގެ އިތުރުން ޓެމިލްނާޑޫ އަދި ޓެލޫގޫ ފިލްމުތަކުގައި ހަރަކާތްތެރިވާ ތަރިންވެސް ވަނީ ޗެންނާއީ ގައި ހާލުގައި ޖެހުނު ފަރާތްތަކަށް ދީލަތި އެހީ ފޯރުކޮށްދީފައެވެ.
ޗެންނާއީ އަށް މިދިޔަ މަހު ކުރި ވިއްސާރައިގައި އެކިއެކި ސަބަބުތަކާއި ހުރެ 280 މީހުން ވަނީ މަރުވެފައެވެ.
އަދި ޗެންނާއީގެ ބޮޑު ބަޔަކުން ކަރަންޓު ކެނޑި ރޭލު ދަތުރުތަކާއި ވައިގެ ދަތުރުތަކަށްވެސް ވަނީ ބުރޫ އަރާފައެވެ.