12 Dec 2015, 22:56
ސިޔާސީ ލީޑަރުންނަށް ވުމަށް އަންހެނުންނަށް ރާއްޖޭގައި ހުރި ގޮންޖެހުންތަކާ ބެހޭގޮތުން ސިންގަޕޫރުގެ ރޯޔަލް އިންސްޓިޓިއުޝަންގެ ހަވަނަ ގްލޯބަލް ކޮންގްރެސް އަދި ކޮންފާމެންޓު ސެރެމަނީގައި އެމްޑީއޭގެ ނައިބު ލީޑަރު އައިޝަތު ރަފިއްޔާ ތަގުރީރު ކުރައްވައިފި އެވެ.
އެތަނުގައި ރަފިއްޔާ ތަގުރީރު ކުރެއްވީ އޭނަ ރިސާޗެއްގެ އަލީގައި ލިބިފައިވާ މައުލޫމާތުތަކުގެ މައްޗަށް ބިނާކޮށެވެ.
ތަގުރީރު ކުރެއްވި އިރު ރަފިއްޔާ ހުށަހަޅުއްވައި ދެއްވި ޕްރެޒެންޓޭޝަންގައި އަންހެނުންނަށް އެކި ގޮތް ގޮތުން ސިޔާސީ މައިދާނުގައި ކުރިޔަށް ދިޔުމަށް ދިމާވާ ދަތިތަކާއި ލީޑާރޝިޕަށް ވާސިލުވުމަށް ހުރި ގޮންޖެހުންތަކުގެ މައްޗަށް ވަރަށް ތަފްސީލުކޮށް އަލިއަޅުވައިލެއްވި އެވެ.
ރޯޔަލް އިންޓިޓިއުޓް އޮފް ޕަބްލިކް އެޑްމިނިސްޓްރޭޓާސްގެ ފަރަތުން އެރުވި އެތަނުގެ ފެލޯއެއްގެ ޕްރިސްޓީޖްއާ އެކު ރަފިއްޔާއާ -----
އެގޮތުން މުޖުތަމައުގައި އަންހެނުންގެ ރޯލާ މެދު ދެކޭގޮތާއި އަންހެނުންނަށް ފިރިހެނުންނާ ވާދަކުރުމަށް ހުރި ދަތިތަކާއި މީޑިއާތަކުން އަންހެނުން ޕްރޮމޯޓްކުރުމުގެ ބަދަލުގައި ނެގެޓީވް ވާހަކަތަކަށް ބޮޑު ސަމާލުކަމެއް ދިނުމާއި އަދި ގާނޫނު ހަދާ މަޖިލީހުގައި އަންހެނުންނަށް ޚާއްސަ ގޮނޑިތަކެއް ނެތްކަން ރަފިއްޔާ ފާހަގަކުރެއްވި އެވެ.
ރަފިއްޔާ ވިދާޅުވީ ރާއްޖޭއާއި ސްރީލަންކާ ފިޔަވައި ސާކް ރީޖަންގެ ހުރިހާ ގައުމެއްގެ ޕާރލަމެންޓްގައިވެސް އަންހެނުންނަށް ޚާއްސަ ކުރެފައިވާ ރިޒާވް ސީޓްތަކެއްވާ ކަމަށެވެ.
ރަފިއްޔާގެ ޕްރެޒެންޓޭޝަންގައި އެމްޑީއޭއަކީ ރާއްޖޭގެ ތާރީޚުގައި ފުރަތަމަ ފަހަރައް ފާޓީއެއްގެ ލީޑަރޝިޕްގައި އަންހެނަކަށް ރިޒާވް ސީޓެއް ތައާރަފްކުރި ޕާޓީ ކަމުގައި ފާހަގަކުރެއްވި އެވެ.
އަދި އަންހެނުންނަށް އެކި ރޮނގުތަކުގައި ކުރިޔަށް ދިޔުމަށް ހުރި ހުރަސްތައް ނައްތާލުމަށް އެމްޑީއޭ ވެސް ހިއްސާވާ މިއަދުގެ ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކުގެ މައްޗަށް ރަފިއްޔާ ބައްލަވައިލެއްވި އެވެ.
ސިޔާސީ ލީޑަރުންނަށް ވުމަށް އަންހެނުންނަށް ރާއްޖޭގައި ހުރި ގޮންޖެހުންތަކާ ބެހޭގޮތުން ސިންގަޕޫރުގެ ރޯޔަލް އިންސްޓިޓިއުޝަންގެ ހަވަނަ ގްލޯބަލް ކޮންގްރެސް އަދި ކޮންފާމެންޓު ސެރެމަނީގައި އެމްޑީއޭގެ ނައިބު ލީޑަރު އައިޝަތު ރަފިއްޔާ ތަގުރީރު ކުރައްވަނީ
އެގޮތުން ސަރުކާރުގެ ރަސްމީ ގަޑި ކުޑަކޮށްފައިވުމާއި ސަރުކާރުގެ ކުންފުނިތަކުގެ ބޯޑުގައާއި ސިޔާސީ މަގާމުތަކުގެ 30 ޕަސެންޓު، އަންހެނުންނަށް ޚާއްސަކުރުމަށް ނިންމާފައިވުމާއި ވިޔަފާރީގެ ރޮނގުން ކުރިއަށް ދިޔުމުގެ ފުރުސަތު އަންހެނުންނަށް ހުޅުވާލުމަށްޓަކައި ކުދި އަދި މެދު ފަންތީގެ ވިޔަފާރިއަށް ލޯނުގެ ފުރުސަތު ސަރުކާރުން ހުޅުވާލާފައިވާކަމާއި އެކަނިވެރިމައިންނަށް ދޭ އެލަވަންސް ބޮޑުކޮށްފައިވާކަން އެނާ ފަހާގަކުރެއްވި އެވެ.
މިއަދުގެ ގްލޯބަލް ކޮންގްރެސްގައި ރަފިއްޔާއަށް ވަނީ ރޯޔަލް އިންޓިޓިއުޓް އޮފް ޕަބްލިކް އެޑްމިނިސްޓްރޭޓަރސްގެ ފެލޯއެއްގެ ޕްރިސްޓީޖް އަރުވާފައެވެ. މިއީ ދިވެއްސަކަށް ރޯޔަލް އިންސްޓިޓިއުޝަންގެ ފެލޯކަން ލިބުނު ފުރަތަމަ ފަހަރެވެ.
ރޯޔަލް އިންސްޓިޓިއުޝަން ސިންގަޕޫރަކީ 200އަށް ވުރެ ގިނަ ބައިނަލްއަގްވާމީ ޕްރޮފެޝަނަލް އިންސްޓިޓިއުޓްތަކުގެ މައްޗަށް އެކުލެވިގެނަވާ ޕްރޮފެޝަނަލް މެމްބަޝިޕް އަދި އެކްރެޑިޓިން އިންސްޓިޓިއުޓެކެވެ.

އެ އިންސްޓިޓިއުޓްގެ މަގުސަދަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައިވާ ތަފާތު އެކި ރޮނގުތަކުގެ އިލްމީ ގާބިލު ހުނަރުވެރި އަދި ފަންނުވެރި ބޭފުޅުން ހާސިލްކޮށްފައިވާ އިލްމީ ދަރަޖައާއި ބައިނަލްއަގްވާމީ ގައުމީ އަދި އިންސާނިއްޔަތަށް ކޮށްދެއްވާފައިވާ ޚިދުމަތްކަށް ބަލާލައި އެބޭފުޅަކަށް ހައްގު ދަރަޖައެއް ފާހަގަކޮށް އަގުވަޒަންކުރުމުގެ ގޮތުން ދުނިޔޭގެ ފެންވަރުގައި ބަލައިގަންނަ ޓައިޓަލްއެއް އެބޭފުޅުންނަށް އެރުވުމެވެ.
ރޯޔަލް އިންސްޓިޓިއުޓް އޮފް ސިންގަޕޫރަކީ 1968ގައި އުފެދުނު ސިންގަޕޫރުގެ އޭޓީއެސް ކުންފުނީގެ އިނީޝިއޭޓިވް އެކެވެ.