ކާރެއްގެ ކުރިމަތީ ވިންޑްސްކްރީނުގެ ތެރެއަށް ދަގަނޑު ތަނބެއް ވަދެ ހިނގި އެކްސިޑެންޓެއްގައި ކާރު ދުއްވަން އިން މީހެއްގެ ފުރާނައަށް ގެއްލުންނުވެ ސަލާމަތްވެއްޖެ އެވެ.

ކެލިފޯނިއާގެ ސިޓީއެއް ކަމަށްވާ ސެން ހޯޒޭ ފަޔާ ޑިޕާޓްމަންޓުން ބުނާގޮތުން، އެ ހާދިސާ ހިނގަން މެދުވެރިވީ، ދަގަނޑު ތަނބުތަކެއް ބަރުކޮށްގެންދިޔަ ލޮޮރީއަކުން ތަނބެއް ވެއްޓި ކާރުގައި ޖެހިގެންނެވެ.

ސެން ހޯޒޭ ފަޔާ ޑިޕާޓްމަންޓުގެ ޓުވީޓާ އެކައުންޓުން ޓުވީޓް ކޮށްފައިވާ ފޮޓޯއިން ފެންނަ ގޮތުން ދަގަނޑު ތަނބު ވަދެފައި ވަނީ ލޮރީގެ ފަހަތުން އައި ބީއެމްޑަބްލިއު ކާރެއްގެ ވިންޑްސްކްރީން މެދަށެވެ.

އެ ހާދިސާގައި ކާރު ދުއްވަން އިން މީހާ ސަލާމަތްވީ ދަގަނޑު ތަނބު ވެއްޓުނު ވަގުތު ކާރު އެއް ފަރާތަކަށް ޖައްސާލުމުން ކަމަށް ފަޔާ ޑިޕާޓްމަންޓުން ބުނެ އެވެ.

ކާރު ދުއްވަން އިން މީހާއަށް ހަމައެކަނި ލިބުނު ޒަހަމަކީ ކަނާތު އަތުގެ ތަންކޮޅެއް ކަފައިގެން ދިއުމެވެ.

ކެލިފޯނިއާގެ ސެން ޖޯސް ފަޔާ ޑިޕާޓްމަންޓުގެ ކެޕްޓަން ސަލްސީޑޯ ވިދާޅުވީ ކާރު ދުއްވަން އިން ޑްރައިވަރު ކުޑަ ތަންކޮޅެއް ކަނާތައް ޖެހުނު ނަމަވެސް، އޭނާގެ ފުރާނަ ދިޔައީސް ކަމަށެވެ.