12 Dec 2015, 11:18
ސްވިޒަލެންޑްގައި އާއްމު ތަންތަނުގައި މޫނުބުރުގާ އެޅުން މަނާކޮށް، އެގޮތަށް އަމަލުކުރާ އަންހެހުން ޖޫރިމަނާ ކުރަން ނިންމާފައިވާތީ، އެގޮތުން އެގަމުގެ މުސްލިމް ކޮންމެ އަންހެނަކު ޖޫރިމަނާ ވިޔަސް، ފައިސާ ދައްކަން އަލްޖީރިއާގެ ވިޔަފާރިވެރިއަކު ވައުދުވެއްޖެ އެވެ.
ފްރާންސަށް އުފަން، އަލްޖީރިއާގެ ޕްރޮޕަޓީ ޑިވެލޮޕަރެއްކަމަށްވާ ރާޝިދު ނިކާޒް ބުނެފައި މޫނު ބުރުގާ އެޅުން މަނާކޮށް ސްވިޒަލޭންޑްގައި ހަދާފައިވާ ގާނޫނުގެ ބާރު އެގޮތުން ކަނޑުވައިލާނެ ކަމަށެވެ.
"... ގާނޫނު ނިއުޓްރަލައިޒް ކުރުމަށް ޓަކައި އަހަރެން މިއުޅެނީ ހުރިހާ ޖޫރިމަނާއެއް ދައްކަން،" ސްވިޒަލެންޑްގެ އޭޓީއެސް ނިއުސް އެޖެންސީއާ ވާހަކަ ދައްކަމުން ނިކާޒް ބުނި ކަމަށް ރަޝާ ޓްޑޭ ބުންޏެވެ.
އޭނާ ބުނެފައި ވަނީ އޭނާ އެގޮތަށް ކަންތައް ކުރަން ބޭނުންވަނީ މިނިވަންކަމާ އެކު ދީނަށް އުޅުމުގެ މިނިވަންކަން ހޯދައިދިނުމަށް ކަމަށެވެ.
ސްވިޒަލޭންޑްގައި އަލަށް ހެދި ގާނޫނުގައިވާ ގޮތުން އާއްމު ތަންތަނުގައި މޫނުބުރުގާ އަޅައިގެން އުޅޭ އަންހެނުން 100 އާއި 10000 އާ ދެމެދުގެ އަދަދެއްގެ ފްރޭންކުން ޖޫރިމަނާ ކުރާނެ އެވެ.
ނިކާޒް ބުނެފައި ވަނީ ކުދިކޮށް ކުރާ ހުރިހާ ޖޫރިމަނާއެއް އޭނާ ދައްކާނެ ކަމަށާއި 10000 ފްރޭންކުން ޖޫރިމަނާކޮށްފި ނަމަ ޔޫރަޕިއަން ކޯޓް އޮފް ހިއުމަން ރައިޓްސް އަށް އެމައްސަލަ ހުށަހަޅާނެ ކަމަށެވެ.