މެންޗެސްޓާ ޔުނައިޓެޑްގެ ޖަރުމަނު މިޑްފީލްޑަރު ބަސްޓިއަން ޝްވައިންސްޓައިގާ ތިން މެޗަށް ސަސްޕެންޑް ކުރުމަށް އިނގިރޭސި އެފްއޭ އިން ނިންމައިފި އެވެ.

ޝްވައިންސްޓައިގާ ސަސްޕެންޑްކުރީ ލީގުގައި އެންމެ ފަހުން އަމިއްލަ ދަނޑުގައި ޔުނައިޓެޑް އެއްވަރުވި މެޗުގައި، ވެސްޓް ހޭމް ޔުނައިޓެޑްގެ ވިންސްޓަން ރީޑް މޫނުމަތީގައި އުޅަބޮށިން ޖެހުމުންނެވެ. އެ މެޗުގެ ރެފްރީ މާކް ކްލެޓެންބާގަށް އެ މަންޒަރު ނުފެނުމުން އޭނާ ކާޑެއް ނުދައްކަ އެވެ. ނަމަވެސް އިނގިރޭސި އެފްއޭ އިން ޝްވައިންސްޓައިގާ ސަސްޕެންޑް ކުރުމަށް ނިންމީ އެ ހާދިސާ ހިނގި ވީޑިއޯ އަށް ބެލުމަށް ފަހު އެވެ.

ލީގުގައި އެންމެ ފަހުން އަމިއްލަ ދަނޑުގައި ޔުނައިޓެޑް ވެސްޓް ހޭމް ޔުނައިޓެޑާ ދެކޮޅަށް ކުޅުނު މެޗްގައި ޝްވައިންސްޓައިގާ --- ފޮޓޯ:އޭޕީ

ލަނޑެއް ނުޖެހި އެއްވަރުވި އެ މެޗުގައި، ޝްވެންސްޓެއިގާ ވަނީ ބޯޅަ ނެތީސް ވެސްޓްހަމްގެ ވިންސްޓަން ރީޑްއަށް އުޅަނބޮށިން ހަމަލާދީފަ އެވެ. ނަމަވެސް، އެ މެޗުގައި ރެފްރީ ޝްވެންސްޓެއިގާއާ މެދު ފިޔަވަޅެއް އަޅާފައެއް ނުވެއެވެ.

އިނގިރޭސި އެފްއޭއިން މި މައްސަލަ ބެލުމަށް ފަހު، ޝްވެންސްޓެއިގާ ތިން މެޗަށް ސަސްޕެންޑްކުރަން ނިންމި އިރު، އެ އަދަބު ބަލައިގަންނަން އޭނާ ވަނީ ނިންމައިފަ އެވެ.

މި އަދަބާ ގުޅިގެން ލީގުގައި، ބޯންމަތް އާއި ނޯވިޗްގެ އިތުރުން ސްޓޯކް ސިޓީއާ ދެކޮޅަށް، ޔުނައިޓެޑުން ކުޅޭ މެޗުތަކުގައި އުމުރުން 31 އަހަރުގެ މިޑްފިލްޑަރަށް ނުކުޅެވޭނެއެވެ. ޝްވެންސްޓެއިގާ އަލުން އެނބުރި ކުޅުމުގެ ތެރެއަށް އަންނާނީ، މި މަހު ފަހުކޮޅު ޗެލްސީއާ ދެކޮޅަށް ކުޅޭ މެޗަށެވެ.

މިދިޔަ ހޫނު މޫސުމުގައި ބަޔާން މިއުނިކުން ޔުނައިޓެޑަށް ބަދަލުވި، ޝްވެންސްޓެއިގާ ވަނީ މިހާތަނަށް އެޓީމަށް 23 މެޗު ކުޅެދީފަ އެވެ.