ބޮލީވުޑްގެ ބަތަލާ ރާނީ މުކަރްޖީ އާއި ފިލްމު ޑައިރެކްޓަރު އަދިތްޔާ ޗޯޕްރާގެ އަންހެން ދަރިފުޅު އާދިރާ އަށް އެ ދެތަރިންގެ ފަރާތުން ދެ ބަންގްލޯ ހަދިޔާ ކޮށްފި އެވެ.

އެ ދެ ބަންގްލޯ އިމާރާތް ކުރުމުގެ މަސައްކަތް މުމްބާއީގެ ޖޫހޫ އަވަށުގައި މިހާރު އަންނަނީ ކުރަމުންނެވެ.

އަދި އެ ދެ ބަންގްްލޯ އިމާރާތް ކުރަމުން އަންނަނީ އަދިތްޔާގެ ސްޓޫޑިއޯ ކަމަށްވާ، ޔަޝްރާޖު ސްޓޫޑިއޯ އާއި މާ ދުރު ނޫން ހިސާބެއްގައި ކަމަށް ހަބަރުތައް ބުނެ އެވެ.

ރާނީގެ ދަރިފުޅު އާދިރާ އުފަންވުމާއި ގުޅިގެން ރާނީ ނެރުނު ޕްރެސް ސްޓޭޓުމަންޓެއްގައި ބުނީ، އާދިރާ އަކީ އެމީހުންގެ ދިރިއުޅުމުގައި މިހާތަނަށް ލިބުނު އެންމެ ބޮޑު ހަދިޔާ ކަމަށެވެ.

އާދިރާ އުފަންވީ މިދިޔަ ބުދަ ދުވަހު މުމްބާއީގެ ބްރީޗު ކޭންޑީ ހޮސްޕިޓަލުގަ އެވެ. އަދި އޭނާ އުފަންވުމާ ގުޅިގެން މުޅި ބޮލީވުޑް ވެސް ވަނީ އެއާއިލާ އަށް މަރުހަބާ ކިޔައިފަ އެވެ.