12 Dec 2015, 09:46
މުލިއާގޭ ކައިރީގައި ބާރުގަދަ ގޮވާ އެއްޗެއް ކަމަށްވާ ސްޓިކް ޑައިނަމައިޓް ބޭނުންކޮށްގެން ހަދާފައިވާ "ބޮމެއް" ބޭއްވި މައްސަލާގައި ހައްޔަރުކުރި މީހުންގެ ތެރެއިން ދެމީހެއްގެ ބަންދުގެ މުއްދަތު ކްރިމިނަލް ކޯޓުން އިތުރުކޮށްފި އެވެ.
ފުލުހުން ބުނީ ބުރާސްފަތި ދުވަހު ، އެ ދެމީހުންގެ ބަންދުގެ މުއްދަތަށް 15 ދުވަސް އިތުރުކޮށްފައިވާ ކަމަށެވެ.
މުލިއާގޭ ކައިރީގައި އޮތް ހުދުކުލައިގެ ޕިކަޕެއްގެ ފިއުލް ޓޭންކް މަތީގައި ބާއްވާފައި އޮތް "ބޮމެއް' ފެނިފައި ވަނީ މިދިޔަ ނޮވެމްބަރު މަހުގެ ދެވަނަ ދުވަހުއެވެ.
އެމައްސަލާގައި ހަތަރު މީހުން އޭރު ހައްޔަރުކުރި އެވެ.