ގެންގުޅު ދަބަހެއް ފުލުހުން ފެނުމާއެކު އެއްލާލުމުން ފުލުހުން ގޮސް ޗެކް ކުރިއިރު އެ ދަބަހުން 24 ބިޔަރު ދަޅާއި ބަނގުރާ ފުޅިއެއް ފެނިއްޖެ އެވެ.

ފުލުހުން ބުނީ މިއަދު އިރުއޮއްސި 6:58 އެހާކަށް ހާއިރު ދަބަސް އަތުލައިގެންފައިވަނީ ހުޅުމާލެއިން ކަމަށެވެ. އެ ބިޔަރު ދަޅުތަކާއި ރާފުޅި ހުރި ދަބަސް ފުލުހުން ނަގާފައިވަނީ ހުޅުމާލޭ ކަންނެލި ޖެޓީ ސަރަހައްދުން ކަމަށް ވެސް ފުލުހުން ބުންޏެވެ.

ބިޔަރު ދަޅުތައް ހޯދާފައި ވަނީ މިއަދު ހަވީރު ހުޅުމާލޭ ކަންނެލި ޖެޓީ ސަރަހައްދު ޕެޓްރޯލު ކުރުމުގެ ތެރޭގައި ކަމަށް ފުލުހުން ބުންޏެވެ.

އެ ދަބަސް އެއްލާލުމަށްފަހު އެމީހާ މޫދަށް ފުންމާލައިގެން ފިލާފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

"އެމީހާ ހޯދުމުގެ މަސައްކަތް ފުލުހުން އަންނަނީ ކުރަމުން،" ފުލުހުން ބުންޏެވެ.