11 Dec 2015, 22:47
ފްލެމިންގޯ އަދި ސެންފޯޑްގެ ޕްރޮޑަކްޓްތަކުން ބޮޑެތި ޑިސްކައުންޓާ އެކު މޯލްޑިވް ގޭސް އިން ޕްރޮމޯޝަނެއް މޯލްޑިވްސް ގޭސް އިން ފަށައިފި އެވެ.
"ސަން" އަށް މައުލޫމާތު ދެއްވަމުން މޯލްޑިވް ގޭސްގެ ސީނިއާ މާކެޓިން އޮފިސަރު ނާއިމް ނަސީރު ވިދާޅުވީ މިހާރު ކުރިއަށްދާ އެ ޕްރޮމޯޝަންގައި ދެ ބްރޭންޑަކުން ގެއަށް ބޭނުންވާ ސާމާނު ހެޔޮ އަގުގައި ލިބިގެން ދާނެ ކަމަށެވެ.
"ރީޒަނަބަލް[އެކަށީގެންވާ] އަގުތަކަކާ އެކު ކޮލިޓީ ޕްރޮޑަކްޓްތައް[ފެންވަރު ރަނގަޅު އުފެއްދުން] މި ޕްރޮމޯޝަން އިން ލިބިގެންދާނެ. އެގޮތުން 20 ޕަސެންޓާ ހަމައަށް އައިޓަމްތަކުން ޑިސްކައުންޓް ލިބޭނެ،" ނާއިމް ވިދާޅުވި އެވެ.
އެ ޕްރޮމޯޝަން ކުރިއަށް ދާނީ އަންނަ ޖެނުއަރީ މަހުގެ 31ގެ ނިޔަލަށް ކަމަށް އޭނާ ވިދާޅުވި އެވެ.
މިއަދު ހަވީރުން ފެށިގެން މިރޭ 10 ޖަހަންދެން މޯލްޑިވް ގޭސް ޕާކްގައި ސެންފޯޑް އަދި ފްލެމިންގޯގެ އައިޓަމްތައް ޕްރޮމޯޓު ކުރުމަށް ހާއްސަ އިވެންޓެއް ވަނީ ކުރިއަށް ގެންގޮސްފަ އެވެ. އެ އިވެންޓުގައި ފްރޮމޯޝަންގައި ހިމެނޭ ޕްރޮޑަކްޓްތައް ވިއްކާފައިވެ އެވެ.