11 Dec 2015, 14:01
"ސްޓާޒް"ގެ ލިމިޓެޑް ސީރީޒް އެއް ކަމަށްވާ "ފްލެޝް އެންޑް ބޯން" އަށް 73 ވަނަ ގޯލްޑެން ގްލޯބްސް އިން ދެ އެވޯޑަކަށް ނޯމިނޭޓް ވުމާއެކު ގިނަ ބަޔަކު ހައިރާން ވެއްޖެ އެވެ.
ބެލެރީނާއެއްގެ ހަޔާތުގެ މައްޗަށް އުފައްދާފައިވާ ޓީވީ ސީރީޒް އަކީ ގިނަ ބައެއްގެ މަގުބޫލުކަން ހޯދި ޝީރީޒް އެކެވެ. ނަމަވެސް ސްޓާޒް އިން ގޯލްޑެން ގްލޯބްސް ގައި ވާދަ ކުރާ އެހެން ޝޯތަކަށްވުރެ އެ ސީރީޒަކީ ދެރަ ޝީރީޒް އެކެވެ.
އަންނަ މަހު ބޭއްވުމަށް ހަމަޖެހިފައިވާ ގޯލްޑެން ގްލޯބްސްގައި ފްލެޝް އެންޑް ބޯން ނޯމިނޭޓް ވެފައިވަނީ ލިމިޓެޑް ސީރީޒް އާއި ޓީވީ މޫވީގެ ދާއިރާއިންނެވެ.
ސްޓާޒްގެ އެހެން ޝޯތަކާ ހިލާފަށް ފްލެޝް އެންޑް ބޯންގެ ކެމްޕެއިނަށް މަސައްކަތް ކޮށްފައިވަނީ ވެސް ކުޑަކޮށެވެ. ނަމަވެސް އެ ޝޯއަކީ ގިނަ ބައެއް ދެކޭގޮތުގައި ކްރިއޭޓިވް އާޓްގެ މިނިވަންކަން ރީތި ގޮތަކަށް ބޭނުން ކޮށްފައިވާ ޝޯއެއް ކަމަށެވެ.
ފްލެޝް އެންޑް ބޯންގެ އިތުރުންވެސް ސްޓާޒް ވަނީ ދެ ދާއިރާއަކުން ނޯމިނޭޓް ވެފައެވެ. އެގޮތުން ގިނަ ބައެެއްގެ މަގުބޫލުކަން ހޯދާފައިވާ ޑްރާމާ "އައުޓްލޭންޑާ" ވަނީ އެވޯޑަކަށް ނޯމިނޭޓް ވެފައެވެ. އެ ޝޯ ނޯމިނޭޓް ވެފައިވަނީ ބެސްޓް ޑްރާމާއަށެވެ.
ކޮމެޑީގެ ދާއިރާއިން ސްޓާޒްގެ "ބްލަންޓް ޓޯކް"ގެ އެކްޓަރެއް ކަމަށްވާ ޕެޓްރިކް ސްޓްވާޓް ވެސް ވަނީ ގޯލްޑެން ގްލޯބް އަށް ނޯމިނޭޓް ވެފައެވެ.