ޒަމާނަށްފެތޭ ގޮތަށް މަސްވެރިކަމުގެ ގާނޫނު ބަދަލު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފިޝަރީޒް މިނިސްޓަރު ޑރ. މުޙައްމަދު ޝައިނީ ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު ޝައިނީ މިއަދު ވިދާޅުވީ އެ ބިލް އެކުލަވާލެވި، ދެލިކޮޕީ ފައިނަލް ކުރުމުގެ މަސައްކަތް ބަންޑާރަނައިބުގެ އޮފީހާއި ފިޝަރީޒް މިނިސްޓްރީ ގުޅިގެން މިހާރު ކުރަމުން އަންނަ ކަމަށެވެ.

އާ ގާނޫނެއް ހަދާއިރު މިހާރު އަމަލުކުރަމުން އަންނަ މަސްވެރިކަމާ ބެހޭ ގާނޫނަށް މާ ބޮޑެތި ބަދަލުތަކެއް ނުގެންނާނެ ކަމަށް ވެސް ޝައިނީ ވިދާޅުވި އެވެ.

"އެހެން ނަމަވެސް ދުނިޔޭގެ ކާބޯތަކެއްޗާއި ބެހޭ ޖަމްޢިއްޔާގެ ހިލޭ އެހީގެ ދަށުން ޒަމާނަށްފެތޭ ގޮތަށް ގާނޫނަށް އިސްލާހުތަކެއް ގެނެސްފައި ވާނެ،" މިނިސްޓަރު ޝައިނީ ވިދާޅުވި އެވެ.

މަސްވެރިކަމާ ބެހޭ އާ ގާނޫނެއް ވުޖޫދަށް ގެނައުމަށްޓަކައި އަންނަ އަހަރު ރައްޔިތުންގެ މަޖިލީހަށް ބިލް ހުށަހަޅާނެ ކަމަށް ވެސް ފިޝަރީޒް މިނިސްޓަރު ވިދާޅުވި އެވެ.

މިހާރު ރާއްޖޭގައި އަމަލުކުރަމުން އަންނަނީ 2008 ވަނަ އަހަރު ފާސްކުރި މަސްވެރިކަމާ ބެހޭ ގާނޫނެކެވެ.