10 Dec 2015, 15:11
ޗީޒް ފޮއްޗާއި އެއްގޮތަށް ތައްޔާރުކޮށްފައި ހުންނަ ޗޮކްލެޓް ފޮތި ޖަޕާނުގެ ބާބަން ކުންފުނިން ތައާރަފްކޮށްފި އެވެ.
ނަޓެއްލާ ކްރަމްޕީ ފަދަ ފުޅީގައި ހުންނަ ޗޮކްލެޓް ޕާނުގައި ނުވަތަ އެނޫން ވެސް ގޮތްގޮތަށް ހާކައިގެން ބޭނުން ކުރުން ގިނަ ބަޔަކަށް އޮންނަނީ ތަކުލީފަކަށްވެފަ އެވެ. ހާއްސަކޮށް ކުޑަކުދިން ފުޅީގައި ހުއްނަ ޗޮކްލެޓް ބޭނުން ކުރާ އިރު މުޅިގައިގަ އުނގުޅާތީ ބެލެނިވެރިންވެސް ޝަކުވާ ކުރެ އެެވެ.

ޗީޒް ފޮއްޗާއި އެއްގޮތަށް ތައްޔާރުކުރި ޗޮކްލެޓް ފޮތި -- ފޮޓޯ ބާބަން ޓްވިޓަރ
ނަމަވެސް ޖަޕާނުގެ ބާބަން ކުންފުނީގެ އެ އުފެއްދުމާއި ގުޅިގެން ގިނަބއެއްގެ ތަކުލީފުތަކަށާއި ބެލެނިވެރިންގެ ޝަކުވާތަކަށް މިވަނީ ހައްލެއް ލިބިފަ އެވެ. ޗީޒްފޮތި ބަންދުކޮށްފައި ހުންނަ ގޮތަށް ތުނި ސެލޯފިން އެއްގައި ޗޮކޮލެޓް ފޮތި ވެސް ހުންނަނީ ބަންދުކޮށްފަ އެވެ.

ޗީޒް ފޮއްޗާއި އެއްގޮތަށް ތައްޔާރުކުރި ޗޮކްލެޓް ފޮތި -- ފޮޓޯ ބާބަން ޓުވިޓާ
ޗޮކްލެޓް ފޮތިތަކެއް ދައްކުވައިދޭ ފޮޓޯތަކެއް ސޯޝިއަލް މީޑިއާގައި އާންމުވުމާއި ގުޅިގެން ގިނަ ބަޔަކަށް ތިބީ ޔަގީން ނުވެފަ އެވެ. ނަމަވެސް ބާބަން ކުންފުނިން އެކަން ޔަގީން ކޮށްދިނުމާއި ގުޅިގެން ގިނަ ބަޔަކު ވަނީ ސޯޝިއަލް މީޑިއާގައި އުފާ ފާޅުކޮށްފަ އެވެ.

ޗީޒް ފޮއްޗާއި އެއްގޮތަށް ތައްޔާރުކުރި ޗޮކްލެޓް ފޮތި -- ފޮޓޯ ބާބަން ޓްވިޓަރ
"ފޮނިކާއެއްޗިހި ޑެކަރޭޓަ ކުރަން ވެސް މީތި އެބަގަންނަން ޖެހޭ. ޗީޒްކޭކުގެ މަތީގައި ރީކޮށް ޑެކްރޭޓް ކޮށްލައިގެން ކާން ވަރަށް މީރު ވާނެ،" މީހަކު ޓުވީޓުކޮށްފައިވެ އެވެ.
ޖަޕާނުގެ އެ އުފެއްދުން ވިއްކާ އަގަކީ 60 ފޮތި ހިމެނޭ ޕެކެޓެއް 34 ޑޮލަރަށެވެ. އަދި އޭތި ހަ މަސްވަންދެން ފްރިޖްގައި ބަހައްޓައިގެން ބޭނުންކުރެވޭނެ ކަމަށް އެކުންފުނިން ވަނީ ބުނެފަ އެވެ.