ހެޔޮ އަގުގައި ސާފު ނުކުރާ ތެޔޮ ސައުދީ އަރަބިއްޔާ އިން ރާއްޖެއަށް ގެނައުމާ ގުޅޭގޮތުން ރާއްޖެއާ އެގައުމާ ދެމެދު އެއްބަސްވި ކަންތައްތައް އަންނަ ހަފްތާގައި އާންމުކުރެވޭނެ ވަރުވާނެ ކަމަށް ފިޝަރީޒް މިނިސްޓަރު އިކޮނޮމިކް ކައުންސިލްގެ ކޯޗެއާ އަދި ޑރ. މުހައްމަދު ޝައިނީ ވިދާޅުވެއްޖެ އެވެ.

އިކޮނޮމިކް ކައުންސިލުން މިއަދު ހެނދުނު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ޝައިނީ ވިދާޅުވީ ސައުދީ އަރަބިއްޔާ އިން ސާފު ނުކުރާ ތެޔޮ ހެޔޮ އަގުގައި ގަތުމަށް ރަގަޅު ގޮތްތަކެއް ހަމަޖެހިފައިވާ ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި އަގު ހެޔޮކޮށް ރާއްޖެ އަށް ތެޔޮ ފޯރުކޮށްދިނުމަކީ ކުރިން ވެސް ސައުދީ ސަރުކާރުން އެއްބަސްވެފައިވާ ކަމެއް ކަމަށެވެ. އަދި ވިދާޅުވީ އެ މަސައްކަތައް ބޭނުންވާ އެއްބަސްވުންތަކާއި ޑޮކިއުމަންޓްތަކުގެ މަސައްކަތް މިހާރު ހުރީ ނިމުމާ ގާތްވެފައި ކަމަށެވެ.

"ސައުދީ ސަރުކާރަށް ވެސް އަދި ރައީސް ޔާމީނަށް ވެސް އެނގިވަޑައިގެންފައި އޮތީ މިކަމަށް ބޭނުންވާ ހުރިހާ ޑޮކިއުމަންޓެއްގައި ރާއްޖޭން ސޮއިކޮށް ސައޫދީ އަށް ފޮނުވާފައިވާ ކަމަށް،" އޭނާ ވިދާޅުވިއެވެ.

ޝައިނީ ވިދާޅުވީ ރައީސް އަބްދުﷲ ޔާމީން އަވަހާރަ ކޮށްލެއްވުމަށް މަސައްކަތް ކުރުމާ ގުޅިގެން އެ ޑޮކިއުމެންޓްތައް ސައުދީ އަށް ގޮސްފައި ނުވާ ކަމަށާއި ނަމަވެސް އަންނަ ހަފްތާގެ ކުރީކޮޅު އެ ތަފްސީލުތައް ރާއްޖޭގައި އާއްމު ކުރައްވާނެ ކަމަށް ވެސް ޝައިނީ ވިދާޅުވި އެވެ.