10 Dec 2015, 13:46
ސީރިއާގައި ހަނގުރާމަ ކުރަމުން ދަނިކޮށް އަނެއްކާވެސް ދިވެއްސަކު މަރުވެއްޖެ އެވެ.
އެނގިފައިވާ ގޮތުގައި އައްޑޫ ސިޓީ، ހިތަދޫ އަށް ނިސްބަތްވާ އެ ޒުވާނާ މަރުވެފައި ވަނީ މިދިޔަ އަންގާރަ ދުވަހު އެވެ. އަދި މަރުވި މީހާ ހަނގުރާމަ ކުރަމުން ދިޔައީ ޖަބްހަތުއް ނުސްރާ ޖަމާއަތާ ގުޅިގެންނެވެ. ސީރިއާ ހަނގުރާމައިގައި ބައިވެރިވާ ދިވެހިން އާންމުކޮށް ގުޅެނީ ޖަބްހަތުއް ނުސްރާއާ އެވެ.
ސީރިއާ އަށް ދިއުމަށްފަހު އޭނާގެ ނަން ވަނީ ބަދަލުކޮށްފަ އެވެ. އެގޮތުން ސީރިއާ އަށް ދިއުމަށްފަހު އޭނާ ބޭނުން ކުރީ އަބޫ އުބައިދާ އަލް މާލްދީފީ މި ނަމެވެ. އޭނާ ވަޅުލާފައި ވަނީ އިއްޔެގެ ވަގުތެއްގަ އެވެ.
ސީރިއާގައި ކުރަމުންދާ ހަނގުރާމައިގައި ބައިވެރިވުމުގެ ގޮތުން ގިނަ އަދަދެއްގެ ދިވެހިން ވަނީ ސީރިއާ އަށް ގޮސްފަ އެވެ. އަދި އެ ހަނގުރާމައިގައި ގިނަ އަދަދެއްގެ ދިވެހިންތަކެއް ވަނީ މަރުވެސް ވެފަ އެވެ.