އަންނަ އަހަރުގެ އޭފްސީ ކަޕްގައި ދިވެހި ޕްރިމިއާ ލިގު ޗެމްޕިއަން ނިއުރޭޑިއަންޓް، ހޮންކޮންގެ ޕްރިމިއާ ލީގުގެ ޗެމްޕިއަން ކިޗީ ސްޕޯޓްސް ކުލަބާއެކު ގުރޫޕް 'އެފް' ގައި ހިމެނުނުއިރު ޕްރެޒިޑެންޓް ކަޕްގެ ޗެމްޕިއަން މާޒިޔާއަށް ސައުތު ޗައިނާ އާއި ޔޮންގޮންއާއެކު ގުރޫޕް 'ޖީ'ގައި ހިމެނިއްޖެ އެވެ.

އޭޝިއާ ބައްރުގެ ފުޓްބޯޅައިގެ މައި ޖަމްއިއްޔާ އޭއެފްސީގެ ވެބްސައިޓްގައި ޢާންމުކޮށްފައިވާ ގޮތުން ނިއު އާއި ކިޗީގެ އިތުރުން ދެން ގުރޫޕް އެފްގައި ހިމެނެނީ ސިންގަޕޫރުގެ ބެލަސްޓިރުގެ ކަލްސާ އެފްސީއާއި ފިލިންސްގެ ކަޔާ އެފްސީއެވެ.

މާޒިޔާ ހިމެނޭ ގުރޫޕް 'ޖީ' ގައި ހޮންކޮންގެގެ ސައުތު ޗައިނާ އާއި މިޔަންމާގެ ޔޮންގޮން ޔުނައިޓާޑްގެ އިތުރުން ދެން ހިމެނެނީ އަވައްޓެރި އިންޑިއާގެ މޯހަންބާގަން އެވެ.

ގުރޫޕް ސްޓޭޖުގައި ނިއު ކުޅޭ ފުރަތަމަ މެޗްގައި ފެބްރުއަރީ 23 ގައި މާލޭގައި ނުކުންނާނީ ސައުތު ޗައިނާއާ ދެކޮޅަށެވެ.

މާޒިޔާ ކުޅޭ ފުރަތަމަ މެޗުގައި ފެބްރުއަރީ 23 ގައި ނުކުންނާނީ މޯހަންބާގަންއާ ދެކޮޅާށެވެ.