ޔުއެފާ ޗެމްޕިއަންސް ލީގު ފުޓްބޯޅަ މުބާރާތުގެ ކުޅުމު މެޗް ޕޯޓޯގެ މައްޗައް 0-2ގެ ނަތީޖާއަކުން ޗެލްސީ ކުރިހޯދައި އެއް ވަނަ ހޯދި އިރު އޮލީވިއާ ޖީރޫޑް އޮލިމްޕިއާކޯސް ކޮޅަށް ހެދި ހެޓްރިކާއެކު 3-0 އިން މޮޅުވެ އާސެނަލް ވެސް ދެވަނަ ބުރަށް ދަތުރު ކޮށްފި އެވެ.

ރޭގެ ނަތީޖާއާ އެކު ގްރޫޕު 'ޖީ' ގެ ކުރި ލިބުނީ ޗެލްސީ އަށެވެ. އެއީ 13 ޕޮއިންޓާއެކުގަ އެވެ. ޗެލްސީގެ ކޯޗް ހޯސޭ މޮރީނިއޯގެ ކުރީގެ ކުލަބް ޕޯޓޯ ކޮޅަށް ރޭ ޗެލްސީން ޖެހި ފުރަތަމަ ގޯލަކީ އެ ޓީމުގެ ކުޅުންތެރިއެއްގެ އަތުން ބައިކޮޅަށް ވަން ގޯލެކެވެ. ދެ ވަނަ ގޯލު ޖެހީ ވިލިއަން އެވެ.

މި ބައްޔާ އެކު ޕޯޓޯ އަށް ލިބިފައި ވަނީ 10 ޕޮއިންޓެވެ. ގްރޫޕުގެ ތިން ވަނަ އަށް ވެއްޓި އެ ޓީމު ކެޓީ ރޭ އިޒްރޭލުގެ މެކަބީ ޓެލްއަވީވް އަތުން ރޭ ރަޝިޔާގެ ޑީނަމޯ ކިއޭވް 1-0އިން މޮޅުވުމުންނެވެ. މި ނަތީޖާ އެކު ޑީނަމޯ އަށް ވަނީ 11 ޕޮއިންޓް ލިބިފަ އެވެ. ޓެލްއަވީވް ކުޅުނު ހަ މެޗުން ވެސް ބަލިވެ އެއްވެސް ޕޮއިންޓެއް ނުލިބެ އެވެ

ޗެމްޕިއަންސް ޅީގްގއި ރޭ ޗެލްސީއާ ޕޯޓޯ ކުޅުނު މެޗްގައި ޗެލްސީގެ ކޯސްޓާ ބޮލުން ޖަހާއިރު ޕޯޓޯގެ ކަސިލަސް ބޯޅަ ދިފާއު ކުރަނީ --- ފޮޓޯ:އޭޕީ

މެޗަށް ނުކުތް އިރު ވެސް މޮޅުވެގެން ނޫން ގޮތަކަށް އާސެނަލް އަށް ދެ ވަނަ ބުރަށް ދެވޭކަށްނެތެވެ. އެއްވަރުކޮށްގެން ވެސް އޮލިމްޕިކާއޯސް އަށް ފުރުސަތު އޮތެވެ.

އެކަމަކު މެޗުގެ މެޗުގެ ފުރަތަމަ ލަނޑު އޮލިވާ ޖިރޯޑް ޖެހީ 29 ވަނަ މިނިޓްގަ އެވެ. އަދި 49 ވަނަ މިނިޓްގައި ދެ ވަނަ ލަނޑު ޖަހައި އޭނާ ހެޓްރިކް ހެދީ 67 ވަނަ މިނިޓްގައި ލިބުނު ޕެނަލްޓީއަކުންނެވެ.

މި ހެޓްރިކާ އެކު އޭނާ ވެގެންގޮސްފައި ވަނީ ޗެމްޕިއަންސް ލީގުގައި އާސެނަލް އަށް ހެޓްރިކެއް ހަދައިދިން ހަތަރު ވަނަ ކުޅުންތެރިޔާ އަށެވެ. އެއީ ތިއޭރީ އޮންރީ އާއި ނިކޮލަސް ބެންޓްނާ އަދި ޑެނީ ވެލްބެކަށް ފަހު އެވެ. އަދި މިއީ އާސެނަލް ޗެމްޕިއަންސް ލީގުގެ ގަދަ 16 އަށް ޖެހިޖެހިގެން ކޮލިފައިވި 16 ވަނަ ފަހަރު ވެސްމެ އެވެ.

ޗެމްޕިއަންސް ޅީގްގައި ރޭ އާސެނަލްއާ އޮލިމްޕިކާއޯސް ބައްދަލުކުރި މެޗްގައި އަސެނަލް ގެ ޖިރޯޑް އަތުން ބޯޅަ ހޯދަން އޮލިމްޕިކާއޯސް ގެ ކުޅުންތެރިއަކު މަސަތްކަތް ކުރަނީ --- ފޮޓޯ:އޭޕީ

އާސެނަލް ހިމެނުނު ގްރޫޕް އެފްއިން އެ ޓީމަށް ލިބުނީ ދެ ވަނަ އެވެ. އެއީ ނުވަ ޕޮއިންޓާއެކުގަ އެވެ. މިއަދަދަށް އޮލިމްޕިއާކޯސް އަށް ވެސް ޕޮއިންޓް ލިބިފައިވެ އެވެ. އެކަމަކު އެ ޓީމު ކަޓައި އާސެނަލް ދެ ވަނަ ބުރަށް ދިޔައީ ގޯލުގެ ތަފާތުން އާސެނަލް ދެ ވަނަ އަށް ދިއުމުންނެވެ.

އޮލިމްޕިއަކޯސްގެ ފަހަތުން ޓޭބަލުގެ ފުލަށް ދިޔައީ ތިން ޕޮއިންޓާ އެކު ޑީނަމޯ ޒެގްރެބް އެވެ. އެ ޓީމު ރޭ ބަލިވީ އެއްވަނަ ހޯދި ޖަރުމަނުގެ ބަޔާން މިއުނިކް އަތުން 2-0އިންނެވެ. އެ މެޗުގައި ފެނިގެންދިޔަ ދެ ލަނޑު ވެސް ޖެހީ ރޮބަޓް ލެވޮންޑޯސްކީ އެވެ. ބަޔާން އަށް އެއްވަނަ ލިބުނީ ޖުމުލަ 15 ޕޮއިންޓާއެކުގަ އެވެ.