ދެހާހުގެ ކުރީގެ އަހަރުތަކުގައި ބޮލީވުޑްގެ ފިލްމުތަކުގަ ރަސްކަން ކުރި ބޮބީ ޑިއޯލް ފިލްމަކުން މިހާރު އެއްގޮތަކަށް ވެސް ނުފެނެއޭ ބުންޏަސް ދޮގަކަށް ނުވާނެ އެވެ. ކާމިޔާބު ފިލްމުތަކެއް ކުޅެމުން އައި ބޮބީ ފިލްމީ ދާއިރާ އާއި ދުރަށް ދިޔަ ސަބަބެއް އެއްގޮތަކަށް ވެސް ނޭނގެ އެވެ.

އެފަދަ ގޮތަކަށް ބޮބީގެ ފިލްމީ ކެރިއާ ވީރާނަ ވަމުން ދާތީ އޭނާގެ ބައްޕަ ވަނީ ކަންބޮޑުވުން ވެސް ފާޅުކޮށްފަ އެވެ. އެހެންކަމުން އަނެއްކާވެސް ބޮބީ އެ ދާއިރާއަށް ނެރުމަށް ދަރްމެންދްރަ އާއި ބޮބީގެ ބޭބެ ސަނީ ޑިއޯލް މަސައްކަތް ކުރަމުން އަންނަ ކަމަށް ހަބަރުތައް ބުނެއެވެ.

އެމީހުންގެ އާއިލާ އާއި ހަވާލާދީ ހަބަރުތައް ބުނާ ގޮތުން، ބޮބީ ދެން އެންމެ އަވަހަށް ފެނިގެންދާނީ އޭނާގެ ބޭބެ ސަނީ ޑައިރެކްޓު ކުރާ ފިލްމަކުންނެވެ. އަދި އެފިލްމުގެ މަސައްކަތް، ސަނީގެ އެންމެ ފަހުގެ ފިލްމު ކަމަށްވާ " ގާޔަލް ވަންސް އެގެއިން" ރިލީޒް ކުރުމަށް ފަހުގަައި ފަށާނެއެވެ.

ބޮބީ އެންމެ ފަހުން ފެނިގެން ގޮސްފައިވަނީ އޭނާގެ ބައްޕަ އާއި ބޭބެ އެކުގައި ކުޅުނު "ޔަމްލާ ޕަގްލަ ދީވާނާ 2" އަކުންނެވެ.

އެއަށްފަހު ފިލްމީ ދާއިރާއިން އޭނާގެ ހިލަމެއް ވެފައި ނުވެއެވެ.

ނަވާރަ ސަތޭކަ ހަތްދިހަ ހަތް ވަނަ އަހަރު ފިލްމީ ދާއިރާ އަށް ތައާރަފުވީ، ބޮބީގެ ފާހަގަ ކޮށްލެވޭ ފިލްމުތަކުގެ ތެރޭގައި ބާދަލް، ހަމްރާޒް، ކިސްމަތު އަދި އާޝިގު ހިމެނެއެވެ.