09 Dec 2015, 19:16
ކުރިއަށް ސާފް ސުޒްކީ ކަޕްގައި ރާއްޖެއިން ބޭނުން ކުރާނެ ޝިއާރަކީ "ދިވެހީ ފަޚުރު ޔަގީން" މި ޝިޔާރު ކަމަށް އެފްއޭއެމް އިން ކަނޑައާޅައިފިއެވެ.
ސާފް ސުޒުކީ ކަޕްގައި ބޭނުންކުރުމަށް މި ޝިޔާރު އެފްއޭއެމްއިން ކަނޑައެޅިއިރު އެ އެސޯސިއޭޝަނުން ވަނީ ތިން ޝިޔާރެއް މީޑީއާ މެދުވެރިކޮށް އާމުންގެ ޚިޔާލަށް ހުޅުވާލާފައެވެ.
ނަމަވެސް އެ ތިން ޝިޔާރުގެ ތެރޭގައި 'ދިވެހިންގެ ފަޚްރު ޔަގީން' މިޝިޔާރެއް ނުހިމެނެއެވެ.
އާމުންގެ ޚިޔާލަށް ހުޅުވާލި ތިން ޝިއާރަކީ
މިފަހަރުވެސް ތައްޓަށް
- ފޯރީގައި ތައްޓަށް
- އާ އުންމީދަކާއެކު ދިވެހިން ތައްޓަށް
އެފްއޭއެމްގެ މީޑިއާ އޮފިޝަލް ވިދާޅުވީ އާންމުގެ ޚިޔާލަށް ހުޅުވާލީ ފައިނަލް ތިން ޝިޔާރެއް ނޫން ކަމަށެވެ.
އެފްއޭއެމްއިން ވަނީ ޝިޔާރު ކަނޑައެޅުމަށް މީޑިއާތަކުން މީހުން ހިމެނޭ ގޮތަށް ކޮމިޓީއެއް އެކުލަވާލާފައެވެ.
މިމަހުގެ 23 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ ސާފް ސުޒުކީ ކަޕްގައި ރާއްޖެ ކުޅޭ ފުރަތަމަ މެޗްގައި 24 ވަނަ ދުވަހު ބައްދަލު ކުރާނީ ބޫޓާނާ ދެކޮޅަށެވެ.