14:30


ގަވާއިދާ ހިލާފަށް މާލޭގައި ކާބޯތަކެތީގެ ވިޔަފާރިކުރާ ދެ ތަނެއް ބަންދުކޮށް، އެ ދެތަނުގައި މަސައްކަތްކުރި 43 ބިދޭސީއަކު ހައްޔަރުކޮށްފި އެވެ. 


ގަވާއިދާ ހިލާފަށް މާލޭގައި އުޅޭ ބިދޭސީންނާއި ކާބޯތަކެތީގެ ވިޔަފާރިކުރާ ތަންތައް ޗެކްކުރުމަށް ސަރުކާރުގެ ބައެއް މުއައްސަސާތައް ގުޅިގެން މި މަހުގެ ބާރަ ވަނަ ދުވަހުން ފެށިގެން ހިންގާ ޕްރޮގުރާމްގެ މައުލޫމާތު ދެއްވަމުން ސީނިއަރ އިމިގްރޭޝަން އޮފިސަރ މުހައްމަދު ޖުނައިދު ވިދާޅުވި މިއަދާ ހަމައަށް ހަތަރު ތަނެއް ޗެކޮކޮށްފައިވާއިރު، އެ ތަންތަނުގެ ތެރެއިން ދެ ތަނަކީ ގަވާއިދާ ހިލާފަށް ކާބޯތަކެތީގެ ވިޔަފާރިކުރާ ތަންތަން ކަމަށާއި އެ ތަންތަނުގައި މަސައްކަތްކުރި 43 ބިދޭސީންނަކީ ވެސް ގަވާއިދާ ހިލާފަށް ރާއްޖެގައި އުޅޭ މީހުން ކަމަށެވެ.


ނޫސްވެރިންގެ އެ ބައްދަލުވުމުގައި އިކޮނޮމިކް މިނިސްޓްރީގެ އެސިސްޓެންޓް ޑިރެކްޓަރ އަހުމަދު މުންތާޒު ވިދާޅުވީ މާލޭގައި ބިދޭންސީނަށް ކާބޯތަކެތީގެ ހިދުމަތްދޭ ހަތަރު ތަނެއް ހުރިއިރު، އެ ޕްރޮގުރާމްގެ ދަށުން ސިއްހީގޮތުން ފެންވަރުދަށް ކަމަށް ފާހަނގަ ކުރެވޭ 15 ތަނެއް ޗެކް ކުރާނެ ކަމަށެވެ. އަދި ހުއްދަ ނޮހޯދައި ކާބޯތަކެތީގެ ވިޔަފާރި ކުރާ އެފަދަ ތަންތަނަކީ ބިދޭސީން ނިދާ އުޅޭ ތަންތަން ކަމަށާއި ވައި ބަންދުވެފައިވާ ކުޑަކުޑަ ކޮޓަރިތަކެއް ކަމަށްވެސް މުންތާޒު ވިދާޅުވި އެވެ.