09 Dec 2015, 16:20
އިންޑޮނޭޝިއާގެ އިރުމަތީގައި އޮންނަ ރަށެއްގެ ކަނޑުގެ ސަރަހައްދަށް 7.1 މެގްނިޓިއުޑްގެ ބިންހެލުމެއް އަތުވެއްޖެ ކަމަށް ޔޫއެސް ޖިއޮލޮޖިކަލް ސާވޭ އިން ބުނެފި އެވެ.
އެ ބިންހެލުމުގެ ސަބަބުން އެއްވެސް ގެއްލުމެއް ލިބިފައިވާ ކަމަށް ރިޕޯޓުކޮށްފައި ނުވާ ކަމަށް ޔޫއެސްޖީއެސް އިން ބުންޏެވެ. ބިންހެލުން އައިސްފައި ވަނީ 75 ކިލޯ މީޓަރު އަޑިންނެވެ.
ބިންހެލުމާ ގުޅިގެން ސުނާމީއެއް އަރާފާނެ ކަމުގެ އިންޒާރު ދީފައެއް ނުވެ އެވެ.