ސައިކަލެއް ވަގަށް ނެގި ކަމުގެ ތުހުމަތުގައި ލ. ގަމު ކައުންސިލަރު މެމްބަރެއް ފުލުހުން ހައްޔަރުކޮށްފަ އެވެ.

އެނގިފައިވާ ގޮތުގައި ފުލުހުން ހައްޔަރުކޮށްފައި ވަނީ ގަމު ކައުންސިލް މެމްބަރު އަބްދުﷲ ގާސިމް އެވެ. ހައްޔަރުކުރީ އިއްޔެ ހަވީރުގެ ވަގުތެއްގައި ކޯޓު އަމުރެއްގެ ދަށުން ނެވެ. އަދި އޭނާގެ ބަންދަށް މިއަދުން ފެށިގެން 15 ދުވަސް ގަމު މެޖިސްޓުރޭޓު ކޯޓުން ވަނީ ޖަހައިދީފަ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލު މިއަދު "ސަން" އަށް ވިދާޅުވީ ސައިކަލެއް ވަގަށް ނެގި ކަމުގެ ތުހުމަތުގައި ލ. ގަމުން 48 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އެކަމުގެ އިތުރު ތަފްސީލެއް ހާމައެއް ނުކުރެ އެވެ.