ރާއްޖޭގެ ތަރައްގީގައި މިހާރަށް ވުރެއް ބޮޑަށް ހިއްސާވާން ބޭނުންފުޅު ކަމުގައި، އިންޑިޔާ ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ރަޖީވް ޝަހާރޭ ވިދާޅުވެއްޖެ އެވެ.

މިއަދު ރައީސް އަބްދުﷲ ޔާމީންގެ އަރިހަށް ކުރެއްވި އިހުރިރާމުގެ ޒިޔާރަތެއްގައި ވާހަކަފުޅުދައްކަވަމުން ޝަހާރޭ ވިދާޅުވީ ކުރިއަށްވުރެެވެސް ބޮޑަށް ރާއްޖޭގެ ތަރައްގީގައި އިންޑިއާއިން ހިއްސާވާން ބޭނުނުންވާ ކަމަށެވެ.

ބައިނަލްއަގްވާމީ މައިދާނުގައި އިންޑިޔާއިން ރާއްޖެއަށް ދެއްވަމުން ގެންދަވާ އެއްބާރުލެއްވުމަށްޓަކައި އިންޑިއާ ސަރުކާރަށާއި ރައްޔިތުންނަށް ރައީސް ޔާމީން ވަނީ ޝުކުރު އަދާ ކުރައްވާފަ އެވެ. އަދި މިއަހަރަކީ ރާއްޖެއާއި އިންޑިޔާއާ ދެގައުމުގެ ދެމެދުގައި ސިޔާސީ ގުޅުން ގާއިމް ކުރެވުނުފަހުން 50 އަހަރުފުރޭ އަހަރުކަންވެސް ރައީސް ވަނީ ފާހަގަކުރައްވާފަ އެވެ.

އިންޑިޔާ ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ރަޖީވް ޝަހާރޭ މިއަދު ރައީސް އަބްދުﷲ ޔާމީންގެ އަރިހަށް ކުރެއްވި އިހުތިރާމުގެ ޒިޔާރަތުގެ ތެރެއިން -- ފޮޓޯ/ ރައީސް އޮފީސް

"ރާއްޖެއާއި އިންޑިޔާއާ ދެޤައުމުގެ ދޭތެރޭ ޤާއިމްވެފައިވާ ގާތް ގުޅުން އިތުރަށް ހަރުދަނާ ކުރުމަށް މި ސަރުކާރުން އަބަދުވެސް މަސައްކަތް ކުރައްވާނެ،" ރައީސް ޔާމީން ވިދާޅުވި އެވެ.

ސަރަހައްދީ ހުރިހާ ގައުމަކުން ވެސް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ކިބައިން މިސާލު ނަންގަވައި އަވަށްޓެރި ގައުމުތަކާ ގުޅުން ބަދެހިކުރެއްވުމަށް މަސައްކަތް ކުރުމަށް ރައީސް ޔާމީން ވަނީ ގޮވާލައްވާފަ އެވެ.

މީގެ ކުރިން ބޭއްވި ހަފްލާއެއްގައި ވާހަކަފުޅުދައްކަވަމުން ރައީސް ޔާމީން ވިދާޅުވެފައި ވަނީ އަވައްޓެރި ގައުމުތަކުގެ ތެރެއިން ރާއްޖެއާ އެންމެ ގާތް ގުޅުމެއް އޮއްނަނީ އިންޑިއާއިން ކަމަށެވެ.