08 Dec 2015, 19:50
މިއުޒިކް ދާއިރާގެ ފަންނާނުންގެ އެންމެ ބޮޑު އެވޯޑު ޝޯ ކަމަށްވާ "ދަ ގްރެމީސް"ގެ އަންނަ އަހަރުގެ ޝޯ އަށް މިފަހަރު ޖުމްލަ 11 ނޯމިނޭޝަން އާއެކު އެންމެ ގިނަ އެވޯޑުތަކަށް މަޝްހޫރު ރެޕް އަދި ޓްރެޕް ލަވަ ކިޔުންތެރިޔާ ކެންޑްރިކް ލަމާ ނޯމިނޭޓް ވެއްޖެ އެވެ.
ލަމާ މިއަހަރު ނެރުނު އަލްބަމް ކަމަށްވާ "ޓު ޕިމްޕް އަ ބަޓަފްލައި" އަކީ ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ އަލްބަމެކެވެ. އޭގެ ލަވަތަކާއެކު ގިނަ އެވޯޑުތަކަކަށް އޭނާ ނޮމިނޭޓް ވެފައިވާއިރު އެ އަދަދަކީ ރެކޯޑް އަދަދާ ކައިރި ކުރާ އަދަދެކެވެ.
މިހާތަނަށް އެއް އެވޯޑު ޝޯގައި އެންމެ ގިނަ އެވޯޑުތަކަކަށް ނޯމިނޭޓް ވެފައިވަނީ "ކިންގް އޮފް ޕޮޕް" ކަމަށްވާ މައިކަލް ޖެކްސަން އެވެ. އޭނާގެ "ތްރިލާ" ދުވަސް ވަރު ކަމަށްވާ 1984 ވަނަ އަހަރު މައިކަލް ޖެކްސަން ވަނީ 12 އެވޯޑަކަށް ނޯމިނޭޓް ވެފައެވެ.
ލަމާ ނޯމިނޭޓް ވީ ދާއިރާތަކުގެ ތެރޭގައި އަހަރުގެ އެންމެ މަގުބޫލު އަލްބަމް އާއި ސިންގަލް ފަދަ ދާއިރާތައް ހިމެނެއެވެ.

ޝަރަފުވެރި އެވޯޑުތަކަށް ނޯމިނޭޓްވި ޓޭލާ ސްވިފްޓް (ކ) އާއި "ދަ ވީކެންޑް" (ވ)
އަންނަ ފެބްރުއަރީ މަހުގައި ބޭއްވުމަށް ހަމަޖެހިފައިވާ 58 ވަނަ އެނުއަލް ގްރެމީ އެވޯޑްސްގެ އެންމެ ޝަރަފުވެރި އެވޯޑުތަކަށް ނޯމިނޭޓް ވެފައިވަނީ ޕޮޕް ލަވަ ކިޔުންތެރިޔާ ޓޭލާ ސްވިފްޓެވެ. އޭނާ ވަނީ ހަތް އެވޯޑަކަށް ނޯމިނޭޓް ވެފައެވެ. ހަމަ އެއާއެކު އާރުއެންބީ ލަވަ ކިޔުންތެރިޔާ "ދަ ވީކެންޑް" ވެސް ވަނީ ހަތް އެވޯޑަކަށް ނޯމިނޭޓް ވެފައެވެ.
ނަމަވެސް މިއަހަރުގެ އެންމެ މަގުބޫލު ބައެއް އުފެއްދުންތައް ގްރެމީ ބޯޑުން އެވޯޑުތަކަށް ނޯމިނޭޓް ކޮށްފައި ނުވުމަކީ ގިނަ ބައެއްގެ މެދުގައި ހިތް ހަމަ ނުޖެހުން އުފެދުނު ކަމެކެވެ.
އެގޮތުން ބޮޑެތި ސްނަބްތަކެއްގެ ގޮތުގައި ވެގެން ގޮސްފައިވަނީ "ޕޮޕް ކުއީން"ގެ މަގާމު ލިބިފައިވާ މެޑޯނާ އެތައް ޒަމާނެއް ފަހުން ނެރުނު "ރިބެލް ހާޓް" އަލްބަމްގެ އެއްވެސް އަޑެއް ނޯމިނޭޝަންތަކުގައި ހިމެނިފައި ނުވުމެވެ. ހަމަ އެފަދައިން ޕްރިންސް މިއަހަރު ނެރުނު އަލްބަމްގެ ވާހަކައެއްވެސް ގްރެމީސްއަކު ނެތެވެ.

އަހަރުގެ މަގުބޫލު އާ އާޓިސްޓުގެ ތެރެއިން ނޯމިނޭޓް ވި ޓޯރީ ކެލީ
ބައެއް ނޯމިނޭޝަންތައް:
އަލްބަމް އޮފް ދަ އިޔާ:
އެލަބާމާ ޝޭކްސްގެ "ސައުންޑް އެންޑް ކަލާ"
- ޓޭލާ ސްވިފްޓްގެ "1989"
- ކެންޑްރިކް ލަމާގެ "ޓު ޕިމްޕް އަ ބަޓަފްލައި"
- "ދަ ވީކެންޑް"ގެ "ބިއުޓީ ބިހައިންޑް މޭޑްނެސް"
- ކްރިސް ސްޓޭޕަލްޓަންގެ "ޓްރެވެލާ"
ސޯންގް އޮފް ދަ އިޔާ:
ކެންޑްރިކް ލާމާގެ "އޯލްރައިޓް"
- ޓޭލާ ސްވިފްްޓްގެ "ބްލޭންކް ސްޕޭސް"
- ލިޓްލް ބިގް ޓައުންގެ "ގާލް ކްރަޝް"
- ވިޒް ހަލީފާގެ "ސީ ޔޫ އެގެއިން" (ފީޗަރިން ޗާލީ ޕުތު)
- އެޑް ޝީރަންގެ "ތިންކިން އައުޓް ލައުޑް"
ރެކޯޑް އޮފް ދަ އިޔާ:
ޑިއެންޖެލޯ އާއި ދަ ވެންގާޑްގެ "ރިއަލީ ލަވް"
- މާކް ރޮންސޮންގެ "އަޕްޓައުން ފަންކް" (ފީޗަރިން. ބްރޫނޯ މާސް)
- އެޑް ޝީރަންގެ "ތިންކިން އައުޓް ލައުޑް"
- ޓޭލާ ސްވިފްޓްގެ "ބްލޭންކް ސްޕޭސް"
- ދަ ވީކެންޑްގެ "ކޭންޓް ފީލް މައި ފޭސް"
ބެސްޓް ނިއު އާޓިސްޓް:
ކޯޓްނީ ބާނެޓް
- ޖޭމްސް ބޭ
- ސޭމް ހަންޓް
- ޓޯރީ ކެލީ
- މޭގަން ޓްރެއިނާ
ބެސްޓް ޕޮޕް ގްރޫޕް އުފެއްދުންތައް:
ފްލޮރެންސް އެންޑް ދަ މެޝިންގެ "ޝިޕް ޓު ރެކް"
- މެރޫން ފައިވްގެ "ޝުގާ"
- މާކް ރޮންސޮންގެ "އަޕްޓައުން ފަންކް" (ފީޗަރިން. ބްރޫނޯ މާސް)
- ޓޭލާ ސްވިފްޓްގެ "ބޭޑް ބްލަޑް" (ފީޗަރިން ކެންޑްރިކް ލަމާ)
- މާކް ރޮންސޮންގެ "އަޕްޓައުން ފަންކް" (ފީޗަރިން. ބްރޫނޯ މާސް)
ބެސްޓް ޓްރެޑިޝިނަލް ޕޮޕް ވޯކަލް އަލްބަމް:
ޓޯނީ ބެނެޓް އާއި ބިލް ޗާލާޕްގެ "ދަ ސިލްވާ ލައިނިން"
- ބޮބް ޑިލަންގެ "ޝެޑޯސް އިން ދަ ނައިޓް"
- ޖޯޝް ގްރޯބަންގެ "ސްޓޭޖެސް"
- ސެތު މެކްފާލީންގެ "ނޯ ވަން އެވާ ޓެލްސް ޔޫ"
- ބެރީ މެނީލޯގެ "މައި ޑްރީމް ޑުއޭޓްސް"
ބެސްޓް އޯލްޓަނޭޓިވް އަލްބަމް:
އެލަބާމާ ޝޭކްސްގެ "ސައުންޑް އެންޑް ކަލާ"
- ބްޛޯކްގެ "ވަލްނިކިއުރާ"
- މައި މޯނިން ޖެކެޓްގެ "ދަ ވޯޓާ ފޯލް"
- ޓޭމް އިމްޕާލާގެ "ވޯޓާ ފޯލްސް"
- ވިލްކޯގެ "ސްޓާ ވޯޒް"