08 Dec 2015, 10:52
ޖަރުމަނު ލީގުގައި ވުލްފްސްބާގް ކޮޅަށް ފަސް ގޯލު ޖަހައި ދުނިޔޭގެ ރިކޯޑު ފޮތުން ޖާގަ ހޯދި ބަޔާން މިއުނިކްގެ ފޯވާޑް ރޮބާޓް ލެވެންޑޯސްކީ ހޯދުމުގެ މަސަތްކަތް ރެއާލް މެޑްރިޑުން ފަށައިފި އެވެ.
ސްޕެއިންގެ މީޑީއާތަކުން ރިޕޯޓް ކުރާގޮތުގައި ބަޔާންގައި މޮޅު ކުޅުމެއް ދެއްކި ނަމަވެސް ޕޮލޭންޑް ފޯވާޑް ލެވެންޑޯސްކީ ބެލެންޑޯ އެ ވޯޑަށް ނޮމިނޭޓް ވެފައިނުވާތީވެ އޭނާ ހުރީ ޖަރުމަނު ލީގް ދޫކޮށް ސްޕެނިޝް ލީގަށް ބަދަލުވާން ބޭނުން ވެފައި ކަމަށެވެ.
މި ސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ބަޔާންގެ ފޯވާޑް ވަނީ މި ސީޒަނުގައި މިހާތަނަށް ބަޔާންއަށް ކުޅެދިން 21 މެޗުގައި 20 ގޯލް ކާމިޔާބު ކޮށްދީފައިވާ އިރު ދުނިޔޭގެ ބޮޑެތި ކްލަބްތަކުގެ ލޯ މިހާރު ވަނީ ލެވެންޑޯސްކީ އަށް އަމާޒުވެފަ އެވެ. އެ ގޮތުން ސިޕެއިންގެ އެންމެ ބޮޑު އެއް ކުލަބް ކަމަށްވާ ރެއާލް މެޑްރިޑް އިން ވެސް ވަނީ އޭނާ އަށް ޝައުގްވެރިކަން ފާޅު ކޮށްފަ އެވެ.
މިއެޖެންޓް ކެޒަރީ ކުޗާސްކީއާ އެކު ރެއާލް އިން ވާހަކަ ދައްކަމުން އަންނަ ކަމަށާއި އެންމެ ފަހުން ރެއާލް ގެޓާފޭއާ ދެކޮޅަށް ކުޅުނު މެޗްގައި އޭނާ ވަނީ އެ މެޗް ބެލުމަށް ދަނޑަށް ވެސް ގޮސްފަ އެވެ.
އެއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރެއާލްގެ ކޯޗްއާ ލެވެންޑޯސްކީއާ ގުޅޭ ގޮތުން ސުވާލް ކުރުމުން އޭނާ ވަނީ އެ ސުވާލުތަކަށް ޖަވާބު ދޭން އިންކާރު ކޮށްފަ އެވެ.
"ލެވެންޑޯސްކީ މިއީ ޗެމްޕިއަންސް ލީގްގެ މެޗާ ގުޅޭ ގޮތުން ބާއްވާ ނޫސްވެރިންގެ ބައްދަލުވުމެއް. އެހެން ކަމަން އަހަރެން ބޭނުމެއް ނޫން އެ ކަމާ ގުޅޭ ގޮތުން ވާހަކަ ދައްކާކަށް،" ބެނިޓޭޒް ބުންޏެވެ.
ލެވެންޑޯސްކީ ބާޔާންނާ އެކު ހަދާފައިވާ އެގްރީމެންޓްގެ ދަށުން އަހަރަކު 11 މިލިއަން ޔޫރޯ އޭނާ އަށް ލިބޭ އިރު އެ އެގްރީމެންޓް ހަމަވާނީ 2019 ވަނަ އަހަރަށެވެ. އެހެން ކަމަން ބަޔާން އިން އޭނާ އަދި ވިއްކާލާނެތޯ ނޫންތޯ އެއް ވެސް އަދި އެ ކުލަބަކުން ހާމަ އެއް ނުކުރެ އެވެ.