07 Dec 2015, 13:30
މެދުތެރޭ އޭޝިއާގެ ގައުމެއް ކަމަށްވާ ތަޖިކިސްތާނަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެއެ ވެ.
އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭ އިން ބުނީ ތަޖިކިސްތާނުގެ މަރްޣަބް ނަމަކަށް ކިޔާ ރަށުގެ ހުޅަނގުން 68 މޭލު ދުރަށް ، ރިކްޓަރ މިންގަނޑުން 7.2 ގެ ބާރު މިނުގެ ބިން ހެލުމެއް އައިސްފައިވާ ކަމަށެވެ.
އެ ބިންހެލުމުގައި ތަޖިކިސްތާނަށް ލިބުނީ ކިހާވަރެއްގެ ގެއްލުންތަކެއް ކަމެއް އަދި ނޭނގެއެވެ. އެ ބިންހެލުމުގެ އަސަރުގެ އިންޑިއާގެ ވެރިރަށް ނިއުދިއްލީ ހިމެނޭ ގޮތުން އިންޑިއާގެ އުތުރުގެ ސަރަހައްދުތަކަށް ކުރި ކަމަށް އިންޑިއާގެ ބައެއް ނިއުސް އެޖެންސީތަކުން ބުންޏެވެ.