ބޮލީވުޑްގެ މަޝްހޫރު ބަތަލާ ދީޕިކާ ޕަދުކޯން، ހޮލީވުޑްގެ ތަރި ވިން ޑީސަލް އާއެކު ނަގާފައިވާ ފޮޓޯއެއް ސޯޝައިލް މީޑިއާގައި ވަރަށް ފަހުން ވަނީ އާއްމުކޮށްފައެވެ.

ދީޕިކާ، ވިން ދީސަކް އާއިއެކު އިންސްޓާގްރާމް ކުރި ފޮޓޯ --- ފޮޓޯ: ބޮލީވުޑްލައިފް

ދުވަސްތަކެއް ކުރިން ދީޕިކާ އިންސްޓާގްރާމް ކުރި އެފޮޓޯގައި އެދެތަރިންގެ އިތުރުން ޓްރިޕަލް އެކްސް ގެ ލޯގޯވެސް ފަހަތުން ފެންނަން ހުރެއެވެ.

ދީޕިކާ އާއްމު ކުރި އެ ފޮޓޯއާއެކު، ޓްރިޕަލް އެކްސްގެ އާ ފިލްމު "ދަ ރިޓާން އޮފް ޒެންޑާ ކޭޖު" ގައި ވިން ޑީސަލް އާއި އެކު ދީޕިކާ ފެނިގެންދާނެ ކަމުގެ އަޑުތައްވެސް ވަނީ ފެތުރިފައެވެ.

އެގޮތުން ޕްރިޔަންކާގެ އިތުރުން ދެން ހޮލީވުޑްގައި އެންމެ ވިދާލާނެ އިންޑިއާގެ ތަރިއަކަށް ދީޕިކާ ވާނެކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.

ވިން ދީސަލް އިންސްޓާގްރާމް ކުރި ފޮޓޯ --- ފޮޓޯ: ދަ ނިއުސް ޓެލާ

ދީޕިކާގެ އިތުރުން ވިން ދީސަލް ވެސް ވަނީ އެ ދެމީހުން އެކުގައި ނަގާފައިވާ ފޮޓޯއެއް މީގެ އެއް ދުވަސް ކުރިން އިންސްޓާގްރާމް ކޮށްފައެވެ.

ވިން ޑީސަލްއާއެކު "ފާސްޓް އެންޑް ފިއުރިއަސް"ގެ ފިލްމެއް ކުޅެން ދީޕިކާއަށް ވަނީ މީގެ ކުރިން ފުރުސަތު ލިބިފައެވެ.

ނަމަވެސް ދީޕިކާ އޭރު މަސައްކަތް ކުރަމުން އައި ފިލްމު "ރާމްލީލާ"ގެ މަސައްކަތުގައި ބިޒީވެގެން އެ ފުރުސަތު ދޫކޮށްލީއެވެ.

ދީޕިކާ އެންމެ ފަހުން ކުޅުނު ފިލްމު ތަމާޝާ މިދިޔަ މަހު ރިލީޒް ކޮށްފައިވާ އިރު، އެފިލްމަށް އަންނަނީ ބޮޑު ތަރުހީބެއް ލިބެމުންނެވެ.