ރިޔޮޑިޖިނޭރޯ : ހަތިޔާރު ހިފައިގެންހުރި މީހަކު ބްރަޒީލްގެ ރިޔޮޑިޖިނޭރޯގެ ޕްރައިިމަރީ ސްކޫލެއްގެ ދަރިވަރުންނަށް އަމާޒުކޮށް ދިން ހަމަލާތަކެއްގައި 11 ކުއްޖަކު މަރުވެ އެއަށްވުރެ ގިނަކުދިން ޒަޚަމްވެއްޖެ އެވެ.

މި ޖަރީމާ ހިންގީ ވިލިންޓަން ޑި އޮލިވިރާ ނަމަކަށްކިޔާ އުމުރުން 24 އަހަރުގެ ޒުވާނެކެވެ. މިޒުވާނާއަކީ އޭނާ ކުޑައިރު މިސްކޫލުން ތަޢްލީމް ޙާސިލްކުރި ދަރިވަރެކެވެ. މިގަތުލު އާންމާ ގުޅިގެން މުޅި ބްރަޒީލަށްވަނީ ސިހުން ލިބިފަ އެވެ.

http://www.youtube.com/watch?v=lIa4Oqybd04&feature=player_embedded

ބްރަޒީލްގެ ރައީސާ ދިލްމާ ރުސޭފް ވަނީ މިކަމަށް ހިތާމަ ކުރައްވައި މިކުދިންގެ ޢާއިލާތަކަށް ތަޢްޒިޔާ ކިޔުމުގެ ގޮތުން ޤައުމީ ފެންވަރުގެ ސުކޫތެއް ގެންނަވާފަ އެވެ. އެމެރިކާގެ ސްކޫލްތަކުގައި ހިނގާބާވަތުގެ މިފަދަ ޖަރީމާތަކަކީ ބްރަޒީލުގައި މިހާތަނަށް ހިނގާފައިވާ ޖަރީމާއެއް ނޫންކަމަށް އެޤައުން ބުނެއެވެ.

މިގަތުލު އާންމުގެ ޚަބަރު ފުލުހުންނަށް ދިނީ މިކަމުން ސަލާމަތްވި ކުޑަކުދިންތަކެކެވެ. ފުލުހުން އައިސް އޮލިވިރާ ހައްޔަރު ކުރުމަށްޓަކައި އޭނާގެ ފަޔަށް ބަޑިޖެހުމުން އޭނާ ވެއްޓުނެވެ. އެއަށްފަހު އޭނާގެ އަތުގައިވާ ބަޑިން އޭނާގެ ބޮލަށް ބަޑިޖަހައި އަމިއްލައަށް މަރުވީ ކަމަށް ފުލުހުން ބުނެއެވެ. -- ނޫސްެޖެންސީތައް