06 Dec 2015, 17:48
އުޅަނދަށް މީހުން އެރުވުމަށް ކަނޑައަޅާފައިވާ މިންވަރަށް ވުރެ އިތުރަށް މީހުން ގޮވައިގެން ދަނިކޮށް މިދިޔަ ބުދަ ދުވަހު ފަރަށް އެރި ލޯންޗު ފުންކޮށްފިއެވެ.
ފުލުހުން ބުނީ ފ. ނިލަންދޫ ފުޓްބޯޅަ ޓީމުގެ ކުޅުންތެރިންތަކެއް ގޮވައިގެން ދަނިކޮށް މ.އަތޮޅު ތުވަރުފަރަށް އެރި ލޯންޗް ފުންކޮށްފައި ވަނީ އިއްޔެ ހަވީރު ކަމަށެވެ.
ލޯންޗު ފުންކޮށްފައި ވަނީ ފުލުހުންނާއި ނިލަންދޫގެ ބައެއް އާއްމު ރައްޔިތުންގެ މަސައްކަތުންނެވެ.
އެ ލޯންޗުގައި 27 މީހުން ތިބިކަން "ސަން"އަށް ވަނީ އެނގިފަ އެވެ. އެ ލޯންޗުގެ ކެޕޭސިޓީއަކީ 22 މީހުންނެވެ.
އެ ލޯންޗު ފަރަށް އެރުމުން، ސިފައިންނަށް އަދި ފުލުހުންނަށް ވެސް ރިޕޯޓްކޮށްފައެއް ނުވެ އެވެ. ނަމަވެސް އެކަމުގެ މައުލޫމާތު މުލީ ޕޮލިސް ސްޓޭޝަނަށް ލިބުމާއެކު ފުލުހުން އެސަރަހައްދަށްގޮސް އެލޯންޗުން އެވަގުތު ދަތުރުކުރި މީހުން މުއްޔަށް ގެންގޮސްފައި ވާކަމަށް ފުލުހުން ބުންޏެވެ.
.