06 Dec 2015, 18:03
މިއަހަރުގެ އެންމެ ވަރުގަދަ ޑޮކިއުމެންޓްރީ ފިލްމުގެ އެވޯޑު، ޑޭނިޝް ޑޮކިއުމެންޓްރީ ފިލްމެއް ކަމަށްވާ "ލުކް އޮފް ސައިލެންސް" އަށް ލިބިއްޖެ އެވެ.
އިންޓަނޭޝަނަލް ޑޮކިއުމެންޓްރީ އެސޯސިއޭޝަނުން ދޭ "އައިޑީއޭ އެވޯޑް" ލުކް އޮފް ސައިލެންސް އަށް ލިބިފައިވާއިރު އެ ފިލްމު ވަނީ އޮސްކާއަށް ކުރިމަތިލާ ފިލްމުތަކުގެ ތެރޭގައިވެސް ހިމެނިފައެވެ.
އަންނަ އަހަރުގެ އޮސްކާގެ 15 ފިލްމުގެ ތެރޭގައި އެ ފިލްމު ހިމެނުމަކީ ފިލްމުގެ ފެންވަރު އަންގައިދޭ ކަމެކެވެ.
ލުކް އޮފް ސައިލެންސް އަކީ 1965ގައި "ކޮމިއުނިސްޓް" ނަމަކަށް ކިޔާ ބައެއްގެ ސަބަބުން އިންޑޮނޭޝިއާ މީހެއްގެ ބޭބެ މަރުވި ހާދިސާއާ ގުޅޭގޮތުން ތައްޔާރުކޮށްފައިވާ ފިލްމެކެވެ. އެ ފިލްމުގައި ދައްކާނީ މަރުވި މީހާގެ ބޭބޭގެ ހަޔާތެވެ.
އެ ފިލްމު ރިލީޒްކޮށްފައިވަނީ މިދިޔަ އަހަރު ބޭއްވި 71 ވަނަ ވެނިސް އިންޓަނޭޝަނަލް ފިލްމް ފެސްޓިވަލްގައެވެ. އެ ފެސްޓިވަލްގެ އެންމެ މަތީ މަގާމު ވަނީ އެ ފިލްމަށް ލިބިފައެވެ.
ބެސްޓް ފީޗާ ފިލްމުގެ އެވޯޑުވެސް ލިބިފައިވަނީ ޖޯޝުއާ އޮޕެންހީމާ ޑައިރެކްޓު ކުރި ދަ ލުކް އޮފް ސައިލެންސް އަށެވެ.
ބެސްޓް ސިނެމެޓޮގްރަފީގެ އެވޯޑު ލިބިފައިވަނީ "ރަޝިއަން ވުޑްޕެކާ" އަށެވެ. "ކާޓް ކޯބެއިން: މޮންޓާޖް އޮފް ހެކް" އަށް ބެސްޓް އެޑިޓިން ލިބުނު އިރު ބެސްޓް ރައިޓިން ލިބިފައިވަނީ "ލިސެން ޓު މީ މާލޮން" އަށެވެ.