ސަލްމާން ޚާންގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ބަޔޮގްރަފީއެއް އޭނޭގެ 50 ވަނަ އުފަންދުވަހާ ދިމާކޮށް ނެރެން ނިންމައިފި އެވެ.

މި މަހުގެ 27 ވަނަ ދުވަހު 50 އަހަރު ފުރޭ ސަލްމާންގެ ބަޔޮގްރަފީ އަށް ކިޔަނީ "ބީން ސަލްމާންް" އެވެ.

ދިއްލީގެ ނޫސްވެރިއެއް ކަމަށްވާ ޖާސިމް ޚާން ލިޔެފައިވާ އެ ފޮތުގައި ސަލްމާންގެ އަމިއްލަ ދިރިއުޅުމާއި އާއިލާއާ ގުޅޭ ގޮތުން ލިޔެފައި ވާނެ އެވެ.

އަދި އެ ފޮތުގައި ސަލްމާންގެ ދިރިއުޅުމުގައި ހިނގާފައިވާ ހާއްސަ ކަންތައްތަކަށް ވެސް އަލިއަޅުވާލާފައި ވާނެ އެވެ.

އެގޮތުން ޝިކާރަ ކުރުން މަނާ ޖަނަވާރެއް ޝިކާރަ ކުރި މައްސަލަ އާއި 2002 ވަނަ އަހަރު ހިނގި އެކްސިޑެންޓުގެ މައްސަލަ ހިމެނެ އެވެ.

"ބީވީ ހޯތޯ އެއިސީ" އިން 1988 ވަނަ އަހަރު ފިލްމު އިންޑަސްޓްރީއަށް ތައާރަފު ވި ސަލްމާން ވަނީ ކާމިޔާބު ގިނަ ފިލްމުތަކެއް ކުޅެފަ އެވެ.

އެގޮތުން 1989 ވަނަ އަހަރު އޭނާ ކުޅުނު މޭނޭ ޕްޔާރް ކިޔާ އާއި، ފަހުގެ ތާރީހުތަކެއްގައި ކުޅެފައިވާ ދަބަންގު، ކިކް އަދި ބަޖްރަންގީ ބައިޖާން ފަދަ ފިލްމުތަކަށް ވަނީ ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބިފަ އެވެ.

ފިލްމު ކުޅުމުގެ އިތުރުން ސަލްމާން އަންނަނީ އިންސާނިއްޔަތަށް ހިދުމަތް ކުރުމަށް "ބިއިންގް ހިއުމަން"ގެ ނަމުގައި ޗެރިޓީ ފަންޑެއް ހިންގަމުންނެވެ.

މައުލޫމާތު: ދަ އިންޑިއަން އެކްސްޕްރެސް