06 Dec 2015, 10:29
މިމަހު ނެރުނު ފީފާ ރޭންކިންގެ ސާފު ސަރަހައްދުގެ އެއް ވަނަ މިފަހަރު ވެސް ރާއްޖެ އަށް ލިބިއްޖެ އެވެ.
ސާފް ސަރަހައްދުގެ އެއް ވަނައިގައި ރާއްޖެ އޮތީ ހަ ދަރަޖައިގެ ކުރިއެރުމަކާ އެކު ރޭންކިންގެ 160 ވަނައިގަ އެވެ. މިދިޔަ މަހު ރާއްޖެ އޮތީ 166 ވަނައިގަ އެވެ.
ސާފް ސަރހައްދުގެ ދެ ވަނައިގައި މިފަހަރު ވެސް އޮތީ ވާދަވެރި އިންޑިއާ އެވެ. އެޓިމަށް ވެސް ހަ ދަރަޖައިގެ ކުރި އެރުމެއް ލިބިފައިވާ އިރު އެޓީމު އޮތީ 166 ވަނައިގަ އެވެ.
ސަރަހައްދުގެ ތިން ވަނައިގައި އޮތީ ދެ ދަރަޖައިގެ ވެއްޓުމަކާ އެކު ރޭންކިންގެ 182 ވަނައިގައި އޮތް ބަނގުލަދޭޝް އެވެ.
މިފަހަރު ވެސް ސަރަހައްދުގެ ފުލުގައި އޮތީ ޕޮއިންޓަށް އެއްވެސް ބަދަލެއް ނައިސް އޮތް އަވައްޓެރި ޝްރީލަންކާ އެވެ. އެޓީމު އޮތީ ރޭންކިންގެ 194 ވަނައިގަ އެވެ.
ކުރިން ސާފް ސަރަހައްދުގެ ގައުމެއްގެ ގޮތުގައި އޮތް ސާފް ޗެމްޕިއަންޝިޕްގެ އެންމެ ފަހުގެ ޗެމްޕިއަން އަފްގާނިސްތާން އޮތީ ހަ ދަރަޖައިގެ ކުރިއެރުމަކާ އެކު ރޭންކިންގެ 156 ވަނައިގަ އެވެ.
މިދިޔަ މަހު އެޓީމު އޮތީ 156 ވަނައިގަ އެވެ.
އަފްގާނިސްތާނަކީ މިހާރު ސެންޓްރަލް އޭޝިއަން ފުޓްބޯލް އެސޯސިއޭޝަން (ކަފާ)ގެ މެންބަރު އެސޯސިއޭޝަނެކެވެ.
ކުރިއަށް ސާފް ސުޒުކީ ކަޕްގައި އެޓިމު ވާދަ ކުރަނީ ސާފު ޗެމްޕިއަންޝިޕްގެ އެންމެ ފހުގެ ޗެމްޕިއަން ހައިސިއްޔަތުންނެވެ.
އޭޝިއާ ސަރަހައްދުން އެއް ވަނައިގައި މިފަހަރު ވެސް އޮތީ އީރާން އެވެ. ނަމަވެސް އެޓީމް އެއް ވަނައިގައި އޮތް ނަމަވެސް މިދިޔަ މަހުވެސް ހަތަރު ދަރަޖަ ދަށަށް ވެއްޓުނު އީރާން މިފަހަރު ވަނީ ދެ ދަރަޖަ ވެއްޓި 45 ވަނައަށް ވެއްޓިފަ އެވެ.
އޭޝިއާގެ ޗެމްޕިއަން އޮސްޓްރޭލިއާ މިފަހަރު ތިން ދަރަޖައިގެ ކުރިއެރުމެއް ހޯދާފައިވާއިރު އެޓީމު އޮތި ރޭންކިންގެ 57 ވަނައިގަ އެވެ.
ދުނިޔޭގެ ރޭންކިންގެ އެއް ވަނައިގައި ޕޮއިންޓާށް އެއްވެސް ބަދަލެއް ނައިސް މިމަހު ވެސް އޮތީ ބެލްޖިއަމް އެވެ.
މިދިޔަ މަހު ދެ ވަނައިގައި އޮތް ދުނިޔޭގެ ޗެމްޕިއަން ޖަރުމަން ވަނީ ދެ ދަރަޖައިގެ ވެއްޓުމަކާ އެކު ރޭންކިންގެ ހަތަރު ވަނައަށް ވެއްޓިފަ އެވެ.
މިދިޔަ މަހު ތިން ވަނައިގައި އޮތް އާޖެންޓީނާ ވަނީ އެއް ދަރަޖައިގެ ކުރިއެރުމަކާ އެކު މިމަހު ރޭންކިންގެ ދެ ވަނައަށް ޖެހިލާފަ އެވެ.
މިދިޔަ މަހު ރޭންކިންގެ ހަ ވަނައިގައި އޮތް ޔޫރަޕްގެ ޗެމްޕިއަން ސްޕެއިން ވަނީ ތިން ދަރަޖައިގެ ކުރިއެރުމަކާ އެކު ރޭންކިންގެ ތިން ވަނަ މަގާމަށް ޖެހިލާފަ އެވެ.
އެފްރިކާ ސަރަހައްދުން އެއް ވަނައިގައި މިމަހު ވެސް އޮތީ އެފްރިކާގެ ޗެމްޕިއަން އައިވަރީ ކޯސްޓެވެ. މިދިޔަ މަހު ދުނިޔޭގެ ރޭންކިންގެ 22 ވަނަ ހޯދި ޓީމު ވަނީ ތިން ދަރަޖައިގެ ކުރިއެރުމަކާ އެކު ރޭނިކްގެ 19 ވަނައަށް ޖެހިލާފަ އެވެ.
އުތުރު އެމެރިކާ ބައްރުން އެއް ވަނައިގައި މިމަހު ވެސް އޮތީ މެކްސިކޯ އެވެ. އެޓީމު ވަނީ މިފަހަރު ވެސް ދެ ދަރަޖައިގެ ކުރިއެރުމެއް ހޯދާފަ އެވެ. އެ ޓީމު އޮތީ ރޭންކިންގެ 22 ވަނައިގަ އެވެ.
އޯޝޭނިއާގެ ސަރަހައްދުން އެއްވަނާގައި މި މަހު ވެސް އޮތީ ސަރަހައްދުގެ ޗެމްޕިއަން ނިއުޒިލެންޑެވެ. މިދޔަމަ މަހު 11 ދަރަޖަ ދަށަށް ދިޔަ ނިއުޒިލެންޑް މިފަހަރު ވަނީ އަށް ދަރަޖައިގެ ކުރިއެރުމެއް ހޯދައި 151 ވަނައަށް ޖެހިލައިފަ އެވެ.
މިދިޔަ މަހު ރޭންކިންގެ އެންމެ ފުލުގައި އޮތް ބަހާމާސް ވަނީ ޖިބޫޓީ ވަނީ ތިން ދަރޖައިގެ ކުރިއެރުމެއް ހޯދައި ރޭންކިންގެ އެންމެ ފުލުން ސަލާމަތް ވެފަ އެވެ.
މިފަހަރު ރޭންކިންގެ އެންމެ ފުލުގައި އޮތީ ހަތަރު ދަރަޖައިގެއް ވެއްޓުމަކާ އެކު ޓޯންގޯ އެވެ.