06 Dec 2015, 09:49
ރާއްޖެއަކީ މެލޭރިއާ ބަލި އެއްގޮތަކަށް ވެސް ނެތް ގައުމެއް ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން އިއުލާންކޮށްފި އެވެ.
ރާއްޖޭން ޑަބްލިއުއެޗްއޯއާ ގުޅުނުތާ 50 އަހަރު ފާހަގަކުރުމަށް ދަރުބާރުގޭގައި މިހާރު ކުރިއަށްދާ ހަފުލާގައި އެކަން އިއުލާން ކުރެއްވީ ޑަބްލިއުއެޗްއޯގެ ދެކުނު އިރުމަތީ އޭޝިއާ ސަރަހައްދުގެ ރީޖަނަލް ޑައިރެކްޓަރު ޑރ. ޕޫނަމް ކެތުރަޕާލްސިންގް އެވެ.
އެކަން އިއުލާން ކުރެއްވުމަށް ފަހު، ރައީސުލްޖުމްހޫރިއްޔާ ޢަބުދުﷲ ޔާމީނާއި ހެލްތު މިނިސްޓަރު އިރުތިޝާމް އާދަމްއަށް ޑރ. ޕޫނަމް ކެތުރަޕާލް މަރުހަބާ ވިދާޅުވި އެވެ.
މެލޭރިއާ ބަލި އެއްގޮތަކަށް ވެސް ނެތް ގައުމެއް ކަމަށް ކަނޑައަޅައި ޑަބްލިއުއެޗްއޯ އިން ދޭ ސެޓްފިކެޓް އެރަސްމިއްޔާތުގައި ރާއްޖެއަށް ދިނެވެ.
މަދިރިން ފެތުރޭ ބައްޔެއް ކަމަށްވާ މެލޭރިއާ އެއްގޮތަކަށް ވެސް ނެތް ގައުމެއް ކަމަށް ޑަބްލިއުއެޗްއޯ އިން އިއުލާން ކުރި ފުރަތަމަ ގައުމަކީ ރާއްޖެ ކަމަށް ޖަލްސާގައި ވާހަކަ ދައްކަވަމުން ހެލްތު މިނިސްޓަރު ޑރ. އިރުތިޝާމް އާދަމް ވިދާޅުވި އެވެ.