06 Dec 2015, 00:29
މަޝްހޫރު އެކްޓްރެސް އަދި މޮޑެލް ކިމް ކާޑޭޝިއަން ފިރިހެން ކުއްޖަކު ވިހައިފި އެވެ.
ކިމް އަށް ފިރިހެން ކުއްޖަކު ލިބުނުކަން އިއުލާން ކޮށްފައި ވަނީ ކިމް އާއި އޭނާގެ ފިރިމީހާ ކަންޔޭ ވެސްޓުގެ އަމިއްލަ ވެބްސައިޓުގަ އެވެ.
އެ ވެބްސައިޓު މެދުވެރިކޮށް މިއަދު އެ ދެ ފަންނާނުން ވަނީ އެ މީހުންގެ ފިރިހެން ދަރިފުޅަށް މަރުހަބާ ކިޔާފަ އެވެ. އެ ދެމައިންގެ ހާލު ރަނގަޅު ކަމަށް ވެސް ބުނެފައިވެ އެވެ.
ކިމް ވަނީ މީގެ ދެ ދުވަސް ކުރިން ސޯޝަލް މީޑިއާގައި އޭނާގެ ފޮޓޯއެއް ވެސް އާންމުކޮށްފަ އެވެ. އަދި އެ ފޮޓޯގައި "ވިހަން ތައްޔާރު" ކަމަށް ވެސް ބުނެފައި ވެއެވެ.
ކިމް ވިހާފައި ވަނީ އޭނާ ވިހާނެ ކަމަށް ޑޮކްޓަރުން ލަފާކޮށް ދީފައިވާ މުއްދަތުގެ ތިން ވަރަކަށް ހަފްތާ ކުރިންނެވެ.
ކަންޔޭ އާއި ކިމްއަށް މިއަދު ފިރިހެން ކުއްޖަކު ލިބުނު އިރު އެ ދެމީހުންގެ ދެ އަހަރު އަންހެން ކުއްޖަކު ހުރެ އެވެ.