05 Dec 2015, 19:08
ފުލުހުން ހިންގި އޮޕަރޭޝަންތަކުގައި ހޯދާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ މިއަދު ނައްތާލައިފި އެވެ.
ތަފާތު 26 މައްސަލައެއްގައި ހިމެނޭ އެ ތަކެތި ނައްތާލާފައި ވަނީ ދޫނިދޫގައި މިއަދު ހަވީރު އެވެ. މީޑިއާތަކުގެ ހާޒިރުގައި ނައްތާލި ތަކެތީގެ ތެރޭގައި ހިމެނެނީ ބަނގުރާ އަޅާފައި ހުރި 75 ރީދޫ ހަމާއި، 153 ބަނގުރާ ފުޅި އާއި އެއްދަޅު ބިޔަރު އަދި އެހެނިހެން 16 ބާވަތެއް ހިމެނެ އެވެ.
މީގެ ކުރިން 2012 ވަނަ އަހަރު އެއް ފަހަރު، 2013 ގައި ދެފަހަރު، 2014 ގައި 15 ފަހަރު އަދި މި އަހަރު މިހާތަނަށް އަށް ފަހަރެއްގެމަތިން ފުލުހުން ވަނީ އެފަރާތުން އެކި އޮޕަރޭޝަންތަކުގައި ހޯދާފައިވާ ބަނގުރަލާއި މަސްތުވާތަކެތި ނައްތާލާފަ އެވެ.