08 Apr 2011, 19:22
ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި މިއަދު ބިދޭސީއަކު ހައްޔަރުކޮށްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު، ސަބްއިންސްޕެކްޓާ އޮފް ޕޮލިސް އަހުމަދު ޝިޔާމް ވިދާޅުވީ މިއަދު ހަވީރު 4:30 އެހާކަންހާއިރު ފުލުހުންނަށް ލިބުނު ޝަކުވާ އަކާ ގުޅިގެން ފުލުހުން ބިދޭސީއަކު ހައްޔަރުކުރީ ގަލޮޅު އޮޓޯ ގަރާޖު ހުންނަ ސަރަހައްދުން ކަމަށެވެ.
ފުލުހުން ބުނީ ބިދޭސީ މީހާ ހައްޔަރުކުރީ އުމުރުން ނުވަ އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި ކަމަށެވެ. ތަހުގީގުފަށައި މިހާރު އެމީހާ އާ ސުވާލު ކުރަމުން އަންނަ ކަމަށް ޝިޔާމް ބުންޏެވެ.
ނަމަވެސް އެ ބިދޭސީ މީހާ އާ ބެހޭ އިތުރު ތަފްސީލެއް ފުލުހުން ނުދެއްވަ އެވެ.