05 Dec 2015, 15:56
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހުނަރުވެރިކަން ދައްކުވައިދޭ މައުރަޒެއް ބޭއްވުމަށް ނިންމައިފި އެވެ.
މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑާ އިން "ރެދަން-ފަންނުވެރި އަހަރުމެން"ގެ ނަމުގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޚާއްސަ މައުރަޒު ކުރިއަށް ދާނީ އަންނަ އަންގާރަ އަދި ބުދަ ދުވަހު ނޭޝަނަލް އާޓް ގެލަރީގަ އެވެ.
މި މައުރަޒުގައި ޖެންޑާ މިނިސްޓްރީއާ އެކު ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހައްގުގައި މަސައްކަތް ކުރާ އެންޖީއޯ ތަކުންވެސް ބައިވެރިވާނެ އެވެ.
ޖެންޑާ އިން ބުނި ގޮތުގައި މި މައުރަޒަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް މުޖުތަމައުގައި ބާރުވެރި ކުރުމާއި އެފަރާތްތަކުގެ މަސައްކަތްތައް ދައްކާލާއި ވިޔަފާރި ކުރުމުގެ މަގު ތަނަވަސްކޮށްދިނުމެވެ.
އޭގެ އިތުރުން ނުކުޅެދުންތެރިކަމާއ ބެހޭ ގޮތުން އާއްމުން ހޭލުންތެރިކުރުވުމަކީ ވެސް މި މައުރަޒުގެ މަޤްސަދެއް ކަމަށް ޖެންޑާ އިން ބުނެ އެވެ.
މައުރަޒު ކުރިއަށް ދާނީ އަންގާރަ ދުވަހުގެ 16:00 ން 22:00 ށެވެ. ބުދަ ދުވަހު މައުރަޒު ކުރިއަށް ދާނީ ހެނދުނު 10:00 ން އެރޭގެ 22:00 އަށެވެ.