05 Dec 2015, 13:25
ބޮގޯޓާ، ކޮލަމްބިއާ. އޭޕީ) ރަނާއި ޖަވާހިރު އަރުވައި ބަރުކޮށްގެން ދަތުރުކުރަނިކޮށް މީގެ 300 އަހަރު ކުރިން ފެތިފައިވާ ސްޕޭނުގެ ނަވެއް ހޯދިއްޖެ ކަމަށް ކޮލަމްބިއާގެ ރައީސް ވިދާޅުވެއްޖެ އެވެ.
ކޮލަމްބިއާގެ ރައީސް ޔުއާން މެނުއެލް ސަންތޯސް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައި ވަނީ އެކަމުގެ ތަފުސީލުތައް މިއަދުގެ ވަގުތެއްގައި އާއްމު ކުރައްވާނެ ކަމަށެވެ.
"...ބޮޑު ހަބަރެއް، ސެން ހޯޒޭ ނަވު އަހަރެމެންނަށް ހޯދިއްޖެ،" ސަންތޯސް ކުރެއްވި ޓުވީޓްގައި ވިދާޅުވެފައިވެ އެވެ.
ސްޕެއިންގެ އެ ނަވު، 1708 ވަނަ އަހަރު ފެތުނީ އިނގިރޭސިން އެ ނަވަށް ދިން ހަމަލާއެއްގެ ސަބަބުންނެވެ. އެ ނަވު ފެތުނީ ރޮޒާރިއޯ ޖަޒީރާތަކުގެ ތެރޭގައި ހިމެނޭ ބާރޫ ނަމަކަށް ކިޔާ ރަށުގެ ކައިރިއަށެވެ. އެ ޖަޒީރާތަކަކީ މިހާރު ކޮލަމްބިއާގެ ބައެކެވެ. އެ ނަވު ފެތުނު އިރު އޭގައި 600 މީހުންނާއި 11 މިލިޔަން ރަން ފައިސާ ފޮއްޗާއި ޖަވާހިރު ހުރި ކަމަށް ބެލެވެ އެވެ.