05 Dec 2015, 11:05
އިންޑިއާގެ ދެކުނު ކަނޑު އަޑިއަށް 7.1 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް އައިސްފި އެވެ.
އެ ބިންހެލުމުގެ ސަބަބުން ސުނާމީއެއް އަރާފާނެ ކަމަށް ނުބެލެވޭ ކަމަށް އެމެރިކާގެ ކަމާބެހޭ ފަރާތްތަކުން ބުންޏެވެ.
ބިންހެލުން އައިސްފައި ވަނީ އޮސްޓްރޭލިއާއާ 3100 މީޓާރު ދުރުންނެވެ. އޮސްޓްރޭލިއާގެ ޖޮއިންޓް އޮސްޓްރޭލިއަން ސުނާމީ ވާނިން ސެންޓަރުން ބުނީ އޮސްޓްރޭލިއާ އަށް ސުނާމީ އެއް އަރާފާނެ ކަމަށް ނުބެލެވޭ ކަމަށް ބުނެފަ އެވެ.