އައްޑޫ ސިޓީގައި ކުރިއަށްދާ ހާއްސަ އޮޕަރޭޝަނެއްގައި ބަނގުރާ ތައްޔާރު ކުރާ ގިނަ އަދަދެއްގެ ސާމާނުތަކެއް ފުލުހުން ހޯދައިފި އެވެ.

ފުލުހުން މިރޭ ބުނީ ފުލުހުންގެ އިންޓެލިގެންސާއި އައްޑޫ ސިޓީ ޕޮލިސް ސްޓޭޝަން އަދި އައްޑޫ ސިޓީ ހިތަދޫ ޕޮލިސް ސްޓޭޝަން ގުޅިގެން ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގައި އައްޑޫ ސިޓީ ހިތަދޫގެ ތިން ތަނަކުން ބަނގުރާ ތައްޔާރުކުރުމަށް ބޭނުން ކުރާ ގިނަ އަދަދެއްގެ ސާމާނުތަކެއް ހޯދާފައިވާ ކަމަށެވެ.

އެތަކެތި ހޯދާފައި ވަނީ މިދިޔަ މަހުގެ 30 ވަނަ ދުވަހާއި މިދިޔަ ބުދަ ދުވަހުގައި ކަމަށް ވެސް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެ ތަކެތީގެ ތެރޭގައި ބަނގުރާ ކައްކަން ބޭނުން ކުރާ ގޭސް އުނދުނާއި ބަނގުރާ ރައްކާކުރުމަށް ބޭނުން ކުރާ ރީނދޫ ހަންފަދަ ތަކެތި ހިމެނޭ ކަމަށެވެ.

އެ މައްސަލައާ ގުޅިގެން އަދި އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.